ޕޮލިސް އެކަޑަމީގެ މުވައްޒިފުންނަށް ކައްކައިދޭނެ ބަޔަކު ހޯދަނީ

އިންޑިއާގެ އެހީގައި އަލަށް ގާއިމުކުރެވި ހުޅުވުނު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްޓްމަންޓުގައި މަސައްކަތް ކުރާ މީހުންނަށް ކައްކާ ކާން ތައްޔާރު ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ. ...

05 Apr 2022 | 05:48

އިންޑިއާގެ އެހީގައި އަލަށް ގާއިމުކުރެވި ހުޅުވުނު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްޓްމަންޓުގައި މަސައްކަތް ކުރާ މީހުންނަށް ކައްކާ ކާން ތައްޔާރު ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ބިޑަށް ކުރިމަތިލެވޭނެކަމަށެވެ. މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.

އަދި ފައިސާ ދެއްކުމަށްފަހު ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ އެ މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ.

ފިނޭންސްގެ އިއުލާނުގައި ބުނެފައިވާ ގޮތުން ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ތެރޭ 175,000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން މިމަހުގެ 13 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ޖަލްސާ ކުރާ މާލަމްގައި އޮންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް