ސައުދީގައި ފިރިހެނަކު އަނބިމީހާ ގަޔަށް އެސިޑު ޖަހައި މަރާލައިފި

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ފިރިމީހާ އަނބިމީހާ ގަޔަށް އެސިޑު ޖަހާ މަރާލައިފި އެވެ. މި ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސައުދީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަންހެނަކަށް ދިން ލާއިންސާނ...

05 Apr 2022 | 03:47

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ފިރިމީހާ އަނބިމީހާ ގަޔަށް އެސިޑު ޖަހާ މަރާލައިފި އެވެ.

މި ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސައުދީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާގެ ވާހަކަ އަދިވެސް ސައުދީގައި ދަނީ ހޫނުކޮށް ދެކެވެމުންނެވެ.

ރިހާބް ނަމަކަށް ކިޔާ އެ އަންހެން މީހާ ގަޔަށް އެސިޑް ޖަހާ މަރާލުމުގެ އިތުރުން އެ ފިރިހެން މީހާގެ ކުރީގެ ކައިވެންޏަށް ލިބިފައި ހުރި އަންހެން ދަރިފުޅު ގަޔަށްވެސް އޭނާ އެސިޑް ޖެހި އެވެ. މި ހަދިސާގައި ކުއްޖާގެ ބޮޑުބައެއް ފިހިފައިވާއިރު އެ ކުއްޖާއަށް ފަރުވާ ދެމުން ދަނީ ކިންގް ފަހުދު ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.

އަނބިމީހާ އާއި ދަރިފުޅަށް އެސިޑު ހަމަލާ ދިނުމަށް ފަހު އެ ފިރިހެން މިހާ ވަނީ ގެއިން ފިލައިގެން ގޮސްފަ އެވެ. އެކަމަކު ޖިއްދާ ފުލުހުން ހަމަ އެ ދުވަހު އޭނާ ހައްޔަރު ކުރި ކަމަށްވެ އެވެ.

އަންހެން މީހާގެ ދައްތަ ޖަމީލާ އަލް ޒަހްރާނީ މީޑިއާގައި ބުނެފައިވަނީ މުއްދަތު ޖަހަން އެ ފިރިހެން މީހާ ކޯޓަށް ހާޒިރު ކުރިތަން ފެނުނު ކަމަށެވެ. އެކަމަކު އޭނާގެ މޫނުމަތިން ކުރެވުނީ ގޯސް ކަމެއްކަމުގެ އިހުސާސްކުރެވި، ދެރަވެފައި ހުރިކަން އެއްވެސް ވަރަކަށް ފާހަގަ ނުވާ ކަމަށެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެމީހާގެ މަރަށް އިންސާފު ހޯދައިދީ އެ ފިރިހެން މީހާއަށް ހައްގު އަދަބު ދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

އަންހެން މީހާގެ މައްޗަށް ކަށު ނަމާދު ކޮށްފައިވަނީ އަލް މަސްޖިދުލް ހަރަމްގައި އެވެ. އަދި އޭނާގެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް