އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި، ކިލޯއެއް 45 ރުފިޔާއަށް

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި އެވެ. އެ ކުންފުނިން ބުނީ މިއަދުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އަގުހެޔޮކޮށް ލުނބޯ ގަންނަން ލިބޭނެ ކަމަށެވެ. ކިލޯއެއް ވިއްކުމަސް ހަމަޖެހިފަިއވ...

05 Apr 2022 | 02:49

އެސްޓީއޯއިން އަގުހެޔޮކޮށް ލުނބޯ ވިއްކަން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އަގުހެޔޮކޮށް ލުނބޯ ގަންނަން ލިބޭނެ ކަމަށެވެ. ކިލޯއެއް ވިއްކުމަސް ހަމަޖެހިފަިއވަނީ 45 ރުފިޔާއަށެވެ.

ލުނބޯގެ ތަށިކަމާއި ގުޅިގެން މީހަކަށް އެތަނުން ވިއްކާނީ ކިލޯއެކެވެ. އެކަމަކު އެސްޓީއޯގެ އެގްރިސެންޓަރުން މީހަކަށް ތިން ކިލޯގެ ރޭޓުން ލުނބޯ ވިއްކާނެ ކަމަށް މައުލޫމާތުދެ އެވެ.

އެ ކުންފުނިން ބުނީ ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ މިވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން އާއްމު ރައްޔިތުންނަށް އަގުހެޔޮކޮށް ލުނބޯ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

ބާޒާރުގައި ރޯދައާއި ދިމާކޮށް ލުނބޯގެ އަގު ވަނީ އިންތިހާއަށް އުފުލިފައި އެވެ. ބަންގްލަދޭޝް އާއި ވިއެޓްނާމުން އެކި ނަންނަމުގެ ލުނބޯ އެތެރެ ކޮށްގެންވެސް އަގު ހެޔޮވެފައެއް ނުވެ އެވެ.

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 125 ރުފިޔާއިން މަތީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް