ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހު އެމްޕީއެލްއިން 150 ކޮންޓެއިނަކު ކްލިއާ ކޮށްފި

މި ރަމަޟާން މަހުގެ ފުރަތަމަ ދެ ދުވަހު އެމްޕީއެލްއިން150 ކޮންޓެއިނަރު ކްލިއާކޮށްފި އެވެ. އެމްޕީއެލްއިން ބުނީ ރޯދަ މަހަށް ހާއްސަކޮށް ޕޯޓުތަކަށް ގިނަ އަދަދެއްގެ މުދާ ގެންނަމުންދާ ކަމަށެވެ. ދެ ދުވަސްތެރޭ ...

04 Apr 2022 | 20:42

މި ރަމަޟާން މަހުގެ ފުރަތަމަ ދެ ދުވަހު އެމްޕީއެލްއިން150 ކޮންޓެއިނަރު ކްލިއާކޮށްފި އެވެ.

އެމްޕީއެލްއިން ބުނީ ރޯދަ މަހަށް ހާއްސަކޮށް ޕޯޓުތަކަށް ގިނަ އަދަދެއްގެ މުދާ ގެންނަމުންދާ ކަމަށެވެ. ދެ ދުވަސްތެރޭ ކްލިއާ ކުރި ކޮންޓެއިނަރު ތަކަކީ މާލެ އާއި ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓަށް ކްލިއާ ކުރި އެއްޗިއްސެވެ.

03/04/22 ވަނަ ދުވަހު ޖުމްލަ 60 ކޮންޓެއިނަރ ދެ ޕޯޓުން ވަނީ ކްލިއަރ ކޮށްފައެވެ. އޭގެތެރޭގައި 20 ފޫޓުގެ 33 ކޮންޓެއިނަރާއި 40 ފޫޓުގެ 27 ކޮންޓެއިނަރު ހިމެނެއެވެ. މީގެއިތުރުން، އިއްޔެ ވަނީ ގިނަ އަދަދަކަށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް ކާގޯ) ކްލިއަރ ކޮށްފައެވެ. މީގެ ތެރޭގައި، 40 ބަސްތާ އަލުވި، 222 ބަސްތާ ކަރާ، 4 ފޮށި ބަރަބޯ، 24 ކާޓަން އަލަނާސި އަދި 24 ކޭސް އަލަނާސިއާއި 15 ދޮންކެޔޮ ގަނޑު ވަނީ ކްލިއަރ ކޮށްފައެވެ.

މިއަދު މި ކުންފުނީގެ ދެ ޕޯޓުން ވަނީ ޖުމްލަ 90 ކޮންޓެއިނަރ ކްލިއަރކޮށްފައެވެ. ރަމޟާންމަހާއި ދިމާކޮށް ގިނަ އަދަދެއްގެ ކާބޯތަކެތި ވިޔަފާރިވެރިން އެތެރެކުރަމުންދާއިރު، މިއަދުވެސް ވަނީ ގިނަ އަދަދެއްގެ ޕެރިޝަބަލް ކާގޯ ކްލިއަރކޮށްފައެވެ. އޭގެތެރޭގައި 637 ބަސްތާ ފިޔާ، 262 ބަސްތާ އަލުވި އަދި 240 ބަސްތާ ބަރަބޯ ހިމެނެއެވެ. މީގެތެރެއިން އެންމެ ގިނައިން ކިލްއަރ ކުރި ތަކެތީގެ ތެރޭގައި ކަރާ ބަސްތާ ހިމެނެއެވެ. އެގޮތުން، 498 ބަސްތާ ކަރާ ކްލިއަރ ކޮށްފައިވާއިރު ރަމަޟާން މަހު އެންމެ ގިނައިން މި ކުންފުނީގެ ޕޯޓުގެ ތެރެއިން ކްލިއަރ ކުރާ މުދަލުގެ ތެރޭގައި ކަރާ ހިމެނެއެވެ. މީގެއިތުރުން، މިއަދު ކްލިއަރ ކުރި މުދަލުގެ ތެރޭގައި 100 ފޮށި ބިސް، 50 ކޭސް ޓޮމާޓޯއާއި 100 ބަސްތާ ޔޭމް ހިމެނެއެވެ. މީގެއިތުރުންވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ވަނީ ކްލިއަރކޮށްފައެވެ. އަޅުގަނޑުމެން އަމާޒަކީ ޕޯޓަށް އެތެރެ ކުރާތަކެތި ވީހާވެސް އަވަހަށް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. އަދި، އަޅުގަނޑުމެން ކުންފުނީގެ ޕޯޓަށް އެތެރެކުރާ ތަކެތީގެ ތަފާސްހިސާބުތައް ކޮންމެ ދުވަހަކު އާންމުންނަށް ހިއްސާކުރާނެ ވާހަކަ މި ފުރުސަތުގައި ފާހަގަކޮށްލަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް