ރައީސް ޔާމީން ރ އަދި ބ އަތޮޅަށް ވަޑައިގެންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރ އަދި ބ އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެ އެވެ. މިކަން ރައީސް އޮފީހުން އަދި ކަށަވަރު ނުކޮށްދެ އެވެ. އެކަމަކު ދުވަހަށް މައުލޫމާތު ލިބިފައިވާ ...

05 Apr 2017 | 18:51

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރ އަދި ބ އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެ އެވެ.

މިކަން ރައީސް އޮފީހުން އަދި ކަށަވަރު ނުކޮށްދެ އެވެ. އެކަމަކު ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ އަތޮޅަށް ރައީސް ވަޑައިގެންނަވަން ހަމަޖެހިފައިވަނީ މި މަހުގެ މެދުތެރޭގައި އެވެ.

ބ. އަތޮޅުގައި ނެރޭ ނޫހެއް ކަމަށްވާ އޭދަފުށީ ޓައިމްސްގައި އޭދަފުށީ ކައުންސިލް މެންބަރަކާއި ހަވާލާ ދީ ބުނެފައިވަނީ ރައީސް ޔާމީން އެ ރަށަށް ވަޑައިގެންނަވަން ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދަތުރުފުޅުގެ ކަންކަން އިންތިޒާމު ކުރުމަށް އަންނަ ހަފްތާގައި ހޯމް މިނިސްޓްރީގެ ޓީމެއް  އެ ރަށަށް ދާނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި މުޅިން އާ މަޝްރޫއެއް ކުރިޔަށް ގެންދަން ނިންމާ އެކަން އިއުލާނު ކުރައްވާނެ ކަމަށް ބެލެވޭކަމަށް އެ ކައުންސިލަރާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ފެނާއި ނަރުދަމާގެ ހިދުމަތްތަކެއް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުފުޅުގައި އެމަނިކުފާނު ރ. މީދޫ އާއި މަޑުއްވަރިއަށް ވަދައިގެންނަވަ އެވެ. އަދި ބ. އަތޮޅުގެ އޭދަފުއްޓާއި ތުޅާދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.

މިއީ ރާއީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ބ. އަތޮޅަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް