ވަގަށް ނަގާފައިވާ 1400 ޑޮލަރާއި އެކު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ 1400 ޑޮލަރު ހޯދައި، ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމަހުގެ ދ...

05 Apr 2017 | 10:05

ވަގަށް ނަގާފައިވާ 1400 ޑޮލަރު ހޯދައި، ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމަހުގެ ދެ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަަަލައަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި  އެތަކެތި ފެނިފައިވަނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާ ދިރިއުޅޭ ފްލެޓް ބަލައި ފާސްކުރިކުރުމުންނެވެ.

ވަގަށް ނަގާފައިވާ ފައިސާތައް މިހާރުވަނީ ވެރިފަރާތާއި ހަވާލުކޮށްފައިކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާމެދު ގޮތެއްނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް