އެމްޕީއެލް މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ފްލޫ ވެކްސިން ޖަހާދޭން ފަށައިފިއެވެ.
އެމްޕީއެލްގެ ފަރާތުން އެ ކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ކުދިންނަށް ވެކްސިން ޖަހައިދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި ވެކްސިން ޖަހައިދެނީ އެއްވެއް އަގަކާ ނުލާ ކަމުގައި އެމްޕީއެލް އިން ހާމަ ކުރެ އެވެ.
މުވައްޒަފެއްގެ 18 އަހަރު ފުރިފައިވާ ދަރިންނަށާއި މުވައްޒަފުންގެ މައިންބަފައިންނަށް ވެކްސިން ޖަހަން ބޭނުންވާނަމަ ވެކްސިން ޖެހޭނީ 118 ރުފިޔާ ދެއްކުމަށްފަހުގައަވެ. އަދި އެ ފައިސާ ކެނޑޭނީ މުވައްޒަފުންގެ މުސާރައިން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ފްލޫ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މާލޭ ނޯތު ހާބަރުގެ ވެއިޓިން ހޯލްގައެވެ.
ވެކްސިން ޖަހާދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ބުދަދުވަހުގެ ހެނދުނު 10:00 ން 12:00 ށެވެ. އަދި 13:30 ން 17:00 އަށެވެ. ހުކުރު ދުވަހު 14:30 އިން 17:00 އަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހު ހެނދުނު 9:00 ން 12:00 އަދި 13:30 ން 17:00 އަށް ވެކްސިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް