ސިރީއާގައި ދިން ކެމިކަލް ހަމަލާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ

ސީރިއާގެ އަވަށެއް ކަމަށްވާ ޚާން ޝެއިޚޫންގައި އިއްޔެ ދިން ކެމިކަލް ހަމަލާއެއްގައި 80 މީހުން މަރުވެއްޖެ އެވެ. އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނެ އެވެ. އެ ހަމަލާއަކީ މިހާތަނަށް ސީރިއާގައި ދިން އެންމެ ނުރ...

05 Apr 2017 | 09:14

ސީރިއާގެ އަވަށެއް ކަމަށްވާ ޚާން ޝެއިޚޫންގައި އިއްޔެ ދިން ކެމިކަލް ހަމަލާއެއްގައި 80 މީހުން މަރުވެއްޖެ އެވެ.

އޭގެ ތެރޭގައި 10 ކުޑަކުދިން ހިމެނެ އެވެ.

އެ ހަމަލާއަކީ މިހާތަނަށް ސީރިއާގައި ދިން އެންމެ ނުރައްކާތެރި ކެމިކަލް ހަމަލާކަމަށް އެކްޓިވިސްޓުން ބުނެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވައިގެމަގުން ޚާން ޝެއިޚޫންގެ އެކި ހިސާބުތަކަށް އިއްޔެ ވިހަ ގޭސް ދޫކޮށްފާވެއެވެ.

އިނިގރޭސިވިލާތުން ސީރިއާގައި ގާއިމްކޮށްފައި ހުންނަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން މައުލޫމާތު ދޭ ގޮތުގައި އެ ހަމަލާ ދިނުމާއިއެކު މީހުން ކެއްސާ، ނޭވާ ހާސް ކުރުވާ ގޮތްވިއެވެ. އަދި ބައެއް މީހުން އަނގައިން ފޮމު ނިކުމެފައިވާކަމަށްވެސް މައުލޫމާތު ދެއެވެ.

އެ ހަމަލާގެ ތުހުމަތު އެކްޓިވިސްޓުން ކުރަނީ ސީރިއާގެ ސިފައިންނަށެވެ. އެކަމަކު ސީރިއާގެ ސިފައިން އެ ތުހުމަތު ދޮގުކޮށް، ބުނެފަިއވަނީ ޒިންމާ ވާންޖެހޭ ފަރާތްތަކަކީ ސަރުކާރާއި އިދިކޮޅު ފަރާތްތައް ކަމަށް ވަނީ ބުނެފައެވެ.

ބައިނަލްއަޤްވާމީ އެތައް ލީޑަރުންނެއް އަންނަނީ ސީރިއާގައި އިއްޔެ ދިން ކެމިކަލް ހަމަލާ ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް