އައްޑޫ ސިޓީ މީދޫގައި ހުންނަ ހައި ކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން ބަޔަކު މަސައްކަތް ކޮށްފިއެވެ.
މީދޫގެ ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ޝުޖާއު އުސްމާނަށް ބަޔަކު ހަމަލާދޭން މަސައްކަތް ކުރި ކަމުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އޭގެ އިތުރުން އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހިއްސާއެއް ނުކުރެއެވެ.
ބައެއް މީޑިއާތަކުން އެމައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނި ނަމަވެސް ފުލުހުން އަދި އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ޝުޖާއު އަކީ މެޖިސްޓްރޭޓް ކަމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ފަނޑިޔާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް