އޭޝިއާގެ މަޝްޙޫރު ލަގްޒަރީ މެގަޒިންނެއް ކަމަށްވާ "ޖެޓްސެޓާ" އިން ކޮންމެ އަހަރަކު ދޭ އޭޝިއާ އެވޯރޑްސް އޮފް އެކްސެލެންސްގެ އެންމެ މޮޅު ހޮޓެލް ރިސޯޓްގެ އެވޯރޑް ބ. އަތޮޅުގައި ހިންގަމުން އަންނަ ދުސިތް ތާނީ މޯލްޑިވްސް ރިޒޯޓަށް ލިބިއްޖެއެވެ.
މި ހަފްލާ ބޭއްވީ މިދިޔަ ހުކުރު ދުވަހު ރޭ ޗައިނާގެ މަކާއު ސިޓީގެ މަކާއު ޓަވަރުގައިއެވެ. ދުސިތް ތާނީ މޯލްޑިވްސް މި އެވޯރޑް ލިބުނީ އޭޝިއާ ސަރަހައްދުގައި އެންމެ ރަނގަޅު 100 އަށް ވުރެ ގިނަ ޚިދުމަތް ދޭ ބްރޭންޑްތަކާއި ވާދަކޮށްގެންނެވެ.
ޖުމްލަ 25 ކެޓެގަރީއަކުން ދޭ މި އެވޯޓްދެނީ ޓްރެވެލް އިންޑަސްޓްރީގެ ތަޖުރިބާ ކާރު 7 މީހުންގެ މައްޗައް އެކުލެވޭ ޖަޖުންގެ ޕެންލައަކުން ހޮވާ ރިސޯޓްތަކަށެވެ.
ތައިލެންޑުގެ މަލްޓިނޭޝަނަލް ހޮސްޕިޓޭލިޓީ ކުންފުންޏެއް ކަމަށްވާ ދުސިތު އިންޓަނޭޝަނަލްގެ އިން އިންޑިއާ، ފިލިޕީންސް، ތައިލެންޑް، ކެންޔާ، ޔޫއޭއީ، މިސްރު، ޗައިނާ އަދި އެމެރިކާގެ 29 ތަނެއްގައި ރިސޯޓްތައް ހިންގަމުންދާއިރު، ދުސިތު ތާނީ މޯލްޑިވްސް އަކީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހިންގާ ހަމައެކަނި ރިސޯޓެވެ. ލަގްޝަރީ އެ ރިސޯޓުގައި 94 ލަގްޝަރީ ވިލާ ހުންނަ އިރު ފަސް ރެސްޓޯރެންޓާއި ސްޕާއެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކްލަބެއްވެސް ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް