ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫހު އުފައްދައި އާލާކުރުމުގެ މަޤުސަދުގައި ދިވެހި ސަރުކާރުން ފައްޓަވާފައިވާ “ތަރިކަ” މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ “ދީނާއި ޤައުމިއްޔަތު ދިވެހިންގެ ނާރެސް” މިޝިޔާރަށް ފުރިހަމައަށް އިޖާބަދިނުމަށްޓަކައި ޤައުމީ ބޮޑު ދިދައެއް ޕޮލިސް ޓްރޭނިންގ ސްކޫލް، ދ.ވާނީގައި ނަގައިފިއެވެ.
ދ.ވާނީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޤައުމީ ދިދަ ފުލުހުންނާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް އަޒުލީން އަޙުމަދުއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެޑް އޮފް ޕޮލިސް އެކެޑެމީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝަމީމް ވިދާޅުވީ “ދީނާއި ޤައުމިއްޔަތު، ދިވެހިންގެ ނާރެސް” މިޝިޔާރަކީ ދިވެހި ފުލުހުންގެ ތަމްރީނުގެ މުހިއްމު މައިގަނު އަސާސެއް ކަމުގައި ހަދައި ޓްރޭނިންގ ސްކޫލްގައި ޤައުމީދިދައެއް މިފަދަ ގޮތަކަށް ބެހެއްޓުމުގެ ސަބަބުން ފުލުހުންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާވުމާއެކު ފަސްޖެހުމެއްނެތި ޤައުމާއި ދީނަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުރުބާން ވުމަށް ހިތްވަރު ލިބިގެންދާނެކަމަށެވެ.
ޤައުމީ ލޯބި އަބަދުމެ އާލާވާ މައިދާނެއްގެ ގޮތުގައި ފުލުހުންގެ ތަމްރީނު މަރުކަޒު ފާހަގަވެގެންގޮސްފައިވާއިރު މިއަހަރު ޕޮލިސް ރެކްރޫޓް ޓްރެއިނިންގެ މޮޑިއުލްއެއްގެ ގޮތުގައިވެސް ޤައުމިއްޔަތު ކިޔަވައިދޭކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް