އދ. ގެ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީ) އަށް އެހީވުން އެމެރިކާއިން ހުއްޓާލައިފި އެވެ.
އެ ފަންޑަކީ ދުނިޔޭގެ 150 ޤައުމެއްގައި އާއިލާގެ ރޭވުމުގައި އެހީވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފަންޑެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހާމަކުރި ގޮތުގައި މިގޮތައް ނިންމީ ޗައިނާގައި ދަރިން އެބޯޓު ކުރުމަށް ހިތްވަރުދޭ ގޮތައް ކުރިއަށް ގެންދާ ޕްރޮގުރާމެއްގައި ޔޫއެންއެފްޕީ ބައިވެރިވެފައިވާތީއެވެ. އެކަމަކު އެމެރިކާގެ މި ވާހަކަތައް ޔޫއެންއެފްޕީން ވަނީ ދޮގުކޮށްފައެވެ. އަދި އެމެރިކާގެ ޤާނޫނުތަކާއި ޚިލާފުކަމެއް ކޮށްފައި ނުވާނެކަމަށް ޔޫއެންއެފްޕީ އިން ބުނެއެވެ.
އެމެރިކާއިން ދޭ އެހީތެރިކަން ހުއްޓާލުމާއިއެކު ޔޫއެންއެފްޕީގެ 2017 ވަނަ އަހަރަށް ކަނޑައަޅާފައިވާ ފަންޑުން 32 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު މަދުވެގެންދާނެއެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާއި ހަވާލުވި ފަހުން، އެމެރިކާ ސަރުކާރުން އ.ދ ގެ ފަަންޑަކަށް ދޭ އެހީތެރިކަމެއް ކަނޑާލި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް