ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ ތަފާތު ދެމައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
އެދެމީހުންނަކީ ޏ.ފުވައްމުލައް / ދިގުވާނޑު. ފެއަރީ، މުޙައްމަދު ފަލާޙު މަޖީދު (27އ) އާއި ޏ.ފުވައްމުލައް / ދިގުވާނޑު. ފެއަރީ، އަޙްމަދު ނަޞްރު (37އ) އެވެ.
ފުލުހުން ބުނީ އެދެމީހުންގެ ތެރެއިން ޏ.ފުވައްމުލައް / ދިގުވާނޑު. ފެއަރީ، މުޙައްމަދު ފަލާޙު މަޖީދު (27އ) ހޯދަމުންދަނީ ފުލުހުން ތަޙްޤީޤް ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ޏ.ފުވައްމުލައް / ދިގުވާނޑު. ފެއަރީ، އަޙްމަދު ނަޞްރު (37އ) ހޯދަމުން ގެންދަނީ ފޭރުމުގެ މައްސަލައަކާއި ބަދުއަޙުލާޤީ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް