އިންޑިއާގެ ލެބެން ލެބޯރެޓަރީން އުފައްދާ އަދި ރާއްޖެ އެތެރެ ކުރާ ބޭސްތައް ވިއްކުމާއި ބޭނުން ކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.
މި ބޭސްތައް ވިއްކުން މަނާކޮށްފައިވަނީ ފާއިތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެ ކުންފުނިން އުފައްދާ ބޭސްތަކުން ތަކުރާރުކޮށް އެކި ވަރުގެ މައްސަލަތައް ފެންނަމުންދާތީ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާދަށުންކަމަށް އެ އޮތޯރިޓއިން ހާމަކުރެ އެވެ.
މި ކުންފުނީގެ ބޭސްތަކުގައި މިފަދަ މައްސަލަތައް ދިމާވަމުން ދަނީ ކުންފުނީގެ ބޭސް އުފެއްދުމުގެ ފެންވަރު ބަލާ ކަށަވަރު ކުރުމުގެ ނިޒާމުގައި މައްސަލަ އުޅޭތީ ކަން ފާހަގަވެފައިވާ ކަމަށް އެ އޮތޮރިޓީން ނެރުނު ބަޔާނުގައި ބުނެފައވެ އެވެ. އަދި މި ފަދަ ގޮތަކަށް ހަދާފައި ހުންނަ ބޭސްތައް ބޭނުން ކުރުމަކީ އެކިވަރުގެ ސިއްޚީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވެދާނެ ކަމެއްކަމަށްބުނެ އެވެ.
އެ އޮތޯރިޓީން ބުނީ މިހާރު ބޭސް ފިހާރަ ތަކުގައި ވިއްކަން ބަހައްޓާފައި ހުރި ލެބެން ލެބޯރެޓަރީގެ ބޭސްތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް