އަސްލު ބަޓަރު ނުލިބުމުގެ ސަބަބުން އެމެރިކާގެ ރައްޔިތެއް ޑަންކިން ޑޯނަޓް އާ ދެކޮޅަށް ދައުވާ ކޮށްފި އެވެ.
ޖޭން ޕޮލަނިކް މި ދައުވާ ކޮށްފައިވަނީ ޑަންކިން ޑޯނަޓް ހިންގާ ދެ ފަރާތުގެ މައްޗަށެވެ. އޭނާ ބުނާ ގޮތުގައި އޭނާ އެތަނަށް ގޮސް ބެލި ބެލުމުގައި އެތަނުން ދެނީ އަސްލު ބަޓަރު ކަމަށް ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އޭނާއަށް ޑޯނަޓް ލިބުނު އިރު އޭގައި ބޭނުން ކޮށްފައި ހުރީ އަސްލު ބަޓަރު ނޫން ކަމަށްވެސް އޭނާ ހާމަކުރެ އެވެ.
އޭނާގެ ވަކީލު ހާމަކުރާ ގޮތުގައި މިއި ވަރަށް ކުޑަ ކޭސް އެކެވެ. އެހެން ނަމަވެސް މީގެ ބޭނުމަކީ މީހުންނަށް އޮޅުވައިލައިގެން އުޅޭ މީހުންނަށް ފިލާވަޅެއް ދަސްކޮށްދިނުން ކަމަށާއި އެ ވައުދުވާ އެއްޗެއް އެތަނަކުން ލިބެން ޖެހޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
މި ދައުވާ އުފުލި ފަހުން ޑަންކިން ޑޯނަޓްސް އިން ވަނީ އެމީހުން ބޭނުންކުރާ ބަޓަރު އަސްލު ބަޓަރަށް ބަދަލު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް