އަނބިމީހާ ވަޒީފާ އަދާ ކުރީމަ ގޭގައި ކައްކާނީ ކާކު: ސޫރަޖް

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ދިޔާ އޯރު ބާދީ ހަމް" ގައި ލީޑްރޯލް ކުޅެފައިވާ އަނަސް ރާޝިދު ( ސޫރަޖް) ކައިވެނި ކުރަން އުޅޭކަން އޭނާ ވަނީ މިދިޔަ މަހު ފަހުކޮޅު އިއުލާނުކޮށްފައި އެވެ. އ...

05 Apr 2017 | 03:00

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ދިޔާ އޯރު ބާދީ ހަމް" ގައި ލީޑްރޯލް ކުޅެފައިވާ އަނަސް ރާޝިދު ( ސޫރަޖް) ކައިވެނި ކުރަން އުޅޭކަން އޭނާ ވަނީ މިދިޔަ މަހު ފަހުކޮޅު އިއުލާނުކޮށްފައި އެވެ.

އޮފީހެއްގެ އިދާރީ ބައިގަ މަސައްކަތް ކުރާ ހީނާ ކިޔާ އަންހެން ކުއްޖަކާ އޭނާ އިންނަން އުޅޭ ހަބަރު އިންޑިއާގެ ނޫސްތަކުގައި ޖެހުމަށް ފަހު ބުނެފައިވަނީ އެ ކުއްޖާ ސޫރަޖަށް ވުރެ 14 ވަރަކަށް އަހަރު ހަގު ކަމަށެވެ. އަދި 36 އަހަރުގެ ސޫރަޖް ކައިވެނި ކުރަން އުޅެނީ އާއިލާއިން ދެއްކި ކުއްޖަކާ ކަމަށެވެ.

އިއްޔެ ކުއްލިއަކަށް ނޫސްތަކަށް އެރީ ސޫރަޖް ކައިވެނި ކުރަން އުޅޭ ކުއްޖާ ވަޒީފާއަށް ދިއުމަކީ ހިތްހަމަ ޖެހޭ ކަމެއް ނޫންކަމަށް އޭނާ ބުނި ވާހަކަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ސޫރަޖް ވަނީ އޭނާގެ އަންހެނުން މަސައްކަތަށް ދާނަމަ ގޭގަ މަސައްކަތް ކުރާނީ ކާކުތޯ ސުވާލުކޮށްފައި ކަމަށެވެ.

އަދި އޭނާ އެކަނި މަސައްކަތް ކުރުމުން ފުދޭނެ ކަމަށް ބުނި ކަމަށްވެ އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގެ ކުއްޖަކާ ކައިވެނި ނުކުރަނީ އެހެންވެ ކަމަށްވެސް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން އަންހެނުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ ސޫރަޖަށް ވަނީ މަލާމާތް ރައްދުވާން ފަށާފައި އެވެ. އެކަމަށް ރައްދުދީ ސޫރަޖް ބުނީ އޭނާގެ އަނބިމީހާ ވަޒީފާ އަދާ ކުރާ ހިތްހަމަ ނުޖެހުނަސް ކައިވެނި ކުރަން އުޅޭ ކުއްޖާ ކައިރީ އެހެން ނުބުނާ ކަމަށާއި ކައިވެންޏަށް ފަހު ވަޒީފާއަށް ނުދާން ނިންމީ ހީނާ އަމިއްލަ އަށް ކަމަށެވެ.

ސޫރަޖް ހީނާ އާއި ކައިވެނިކިރަން އެއްބަސްވީ ފޮޓޯއަކުންވެސް ހީނާ ނުފެންނަނީހެވެ. އެ ދެމީހުންގެ ކައިވެނި މިއަހަރު ފަހުކޮޅު އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސޫރަޖް އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ "ކަހީ ތޯ ހޯގާ" ކިޔާ ޑްރާމާ އަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް