ސިފައިންގެ ތިން އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލްކަން އަދި ދެ އޮފިސަރަކަށް ކާނަލްކަން އިއްޔެ ދެއްވައިފި އެވެ.
ބަންޑާރަކޮށީގައި މިކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ކާނަލް ގެ މަޤާމުގައި ތިއްބެވި ޢަބްދުއް ރަހީމް ޢަބްދުއް ލަތީފް އާއި ވައިސް ވަޙީދާއި ހާމިދް ޝަފީޤް ބްރިގޭޑިއާ ޖެނެރަލްގެ މަޤާމަށް ވަނީ ބަދަލުކޮށްފައެވެ. މި ބޭކަލުންނަށް މަޤާމްގެ ކުރިއެރުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.
އަދި ހަމަ އެ ރަސްމިއްޔާތުގައި ކާނަލްގެ މަޤާމަށް ބަދަލުކުރައްވާފައިވަނީ ލެފްޓިނަންޓް ކާނަލްގެ މަގާމްގައި ތިއްބެވި ދެ ބޭކަލުންކަމުގައިވާ އަހުމަދު ޤިޔާސް އާއި ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދެވެ.
މި ދެ ބޭކަލުންނަށް މަގާމްގެ ކުރިއެރުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް އުމަރެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފްންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް