ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން އުޅުމުގެ ތެރޭގައި ޓާކިޝް އެއާލައިންގެ ފްލައިޓެއްގެ ލޭންޑިން ގިއަރުގައި މައްސަލަ ޖެހުމުން ރަންވޭ ބަންދު ކުރަން ޖެހިއްޖެ އެވެ.
ވީއައިއޭ ހިންގާ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އޮފިޝަލަކު ވިދާޅުވީ އެ ފްލައިޓުގެ ލޭންޑިން ގިޔަރުގައި މައްސަލަ ޖެހި ބޯޓު ރަންވޭ މަތީގައި އޮންނަން ޖެހުމުން ރަންވޭ ބަންދުކުރީ 30 ވަރަކަށް މިނިޓަށް ކަމަށެވެ. އަދި މިހާރު އަލުން އޮޕަރޭޝަންތައް ފަށާފައިވާ ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެން ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ކޮންމެސް ވަރަކަށް ބޯޓުން ތެޔޮ ލީކުވި ކަމަށް ވެ އެވެ.
ޓާކިޝް އެއާލައިންސްގެ ފްލައިޓު ޓީކޭ 731 ރާއްޖެ އައީ ކޮލަމްބޯއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ރަންވޭ ބަންދު ކުރަން ޖެހުމުން ސިންގަޕޫރު އެއާލައިންސްގެ ފްަލައިޓެއް ޖެއްސުން މަޑުޖައްސައިލަން ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް