އުރީދޫގެ އާ ސީއީއޯ އަކަށް ނަޖީބު ހާން ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސްގެ އާ ސީއީއޯ އަކަށް ނަޖީބް ހާން ހަމަޖައްސައި ކުރީގެ ސީއީއޯ ވިކްރަމް ސިންހަ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފި އެވެ. ސީއީއޯގެ މަގާމަށް އަލަށް ހަމަޖެއްސި ނަޖީބު މިދިޔަ ދެ އަ...

04 Apr 2017 | 19:02

އުރީދޫ މޯލްޑިވްސްގެ އާ ސީއީއޯ އަކަށް ނަޖީބް ހާން ހަމަޖައްސައި ކުރީގެ ސީއީއޯ ވިކްރަމް ސިންހަ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފި އެވެ.

ސީއީއޯގެ މަގާމަށް އަލަށް ހަމަޖެއްސި ނަޖީބު މިދިޔަ ދެ އަހަރު ހުންނެވީ އުރީދޫ ގްރޫޕުގެ ކޮމާޝަލް ޑިވިޝަންގެ ބިޒްނަސް ސާވިސް ޓީމުގެ އިސްވެރިއެއްގެ ގޮތުގައި އެވެ. އަދި އޭގެ ކުރިން ނަޖީބު ވަނީ އިންޑިއާގެ އެއާޓެލް ކުންފުނީގެ ހޯމް އެންޑް އޮފީސް ބިޒްނެސްގެ ސީއީއޯގެ މަގާމު އަދާކުރައްވައިފައެވެ.

އުރީދޫ އިން ބުނީ ނަޖީބަކީ ކޮމިއުނިކޭޝަން ދާއިރާގައި 25 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެއް ކަމަށެވެ.

އަލަށް ހަމަޖެއްސި ސީއީއޯ ނަޖީބަށް މެނޭޖިން ޑިރެކްޓަރު ވިކްރަމް ސިންހަ ވަނީ މަރުހަބާ ވިދާޅުވެފައި އެވެ. ވިކްރަމް ފޮނުއްވި މެސެޖުގައި ވަނީ ނަޖީބަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އުރީދޫ މޯލްޑިވްސް އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައި އެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ޗެއާމަން ހާލިދު އަލް މަހްމޫދު ވަނީ ނަޖީބު އަދި ވިކްރަމް އަށް ތަހުނިޔާ ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް