ނޫސްވެރިކަމުގެ އެވޯޑަށް 15 މީހަކު ކުރިމަތިލައިފި

ނޫސްވެރިކަމުގެ އެވޯޑަށް 15 މީހަކު ކުރިމަތިލައިފި އެވެ. މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ ދާއިރާ އިން މިދިޔަ އަހަރު އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތް ކުރި މީ...

05 Apr 2015 | 14:23

ނޫސްވެރިކަމުގެ އެވޯޑަށް 15 މީހަކު ކުރިމަތިލައިފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ނޫސްވެރިކަމުގެ ދާއިރާ އިން މިދިޔަ އަހަރު އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތް ކުރި މީހުންނަށް އެ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ނިންމާފައިވާ ތިން ދާއިރާ އަށް ވެސް މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ޓީވީގެ ދާއިރާ އަށް ހަތް މީހަކު ކުރިމަތިލާފައިވާއިރު ރޭޑިއޯގެ ދާއިރާ އަށް ދެ މީހަކު ނަން ހުށަހަޅާފައިވާއިރު ޕްރިންޓް ނުވަތަ އޮންލައިންގެ ބަޔަށް ހަ މީހަކު ނަން ހުށަހަޅާާފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނިގޮތުގައި ނޫސްވެރިކަމުގެ އިނާމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނޫސްވެރިކަމުގެ މި އަހަރުގެ އިނާމު ދޭނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރަން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރޭ ބާއްވާ ހާޢްސަ ޖަލްސާގަ އެވެ.

މިދިޔަ އަހަރު އެ އެވޯޑު ދީފައިވަނީ އޮންލައިން ބައިންނާއި ރޭޑިއޯގެ ބައިން އެކަންޏެވެ. ރޭޑިއޯ ބައިން އެ ވޯޑު ދިވެހިރާޢްޖޭގެ އަޑުގެ އަހުމަދު ނައުޝާދަށް ލިބިފައިވާއިރު އޮންލައިން ބައިން ލިބިފައިވަނީ ހަވީރު އޮންލައިންގެ ފަޒީނާ އަހުމަދަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް