ޖަލީލު، ތޮލްހަތު އަދި ޒިޔާދަށް މާދަމާ ރޭ ހުކުމް އިއްވަނީ

މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް...

05 Apr 2015 | 12:12

މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުކުމް އިއްވުން މާދަމާރެއަށް ތާވަލްކޮށްފި އެވެ.

މަދާމާ ރޭ 8:00 އަށް ތާވަލްކޮށްފައި ވަނީ ކުރީގެ ޑިފެންސް ޑިފެންސް ތޮލްހަތަށް ހުކުމް އިއްވުމަށެވެ. 9:00 އަށް މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ހުކުމް އިއްވުމަށް ހަމަޖެހިފައިވާއިރު ޒިޔާދުގެ މައްޗަށް ހުކުމް އިއްވުމަށް ތާވަލްކޮށްފައި އޮތީ 10:00 އަށެވެ.

އެބޭފުޅުންގެ މައްޗަށް ހުކުމް އިއްވުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރެއަށް ކުރިން ތާވަލްކުރިނަމަވެސް ފަހުން ވަނީ އެ އަޑުއެހުން ކެންސަލް ކޮށްފައެވެ.

އެބޭފުޅުންގެ އިތުރުން އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތް އަދި ނިމިފައެއް ނުވެއެވެ. ސަބަބަކީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި އުޅުއްވާތީއެވެ.

ސިފައިން މެދުވެރިކޮށް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް