އަނެއްކާވެސް ޖާބިރު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި އެވެ. އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށް ޖާބިރު މިއަދު ފޮނުއްވި ސިޓީގައި އެމްޑީޕީގެ...

05 Apr 2015 | 09:53

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީގެ މެމްބަރުކަމުން ވަކިވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށް ޖާބިރު މިއަދު ފޮނުއްވި ސިޓީގައި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަން ބޭނުންނުވާތީ މިއަދުން ފެށިގެން ޕާޓީގެ މެމްބަރުކަމުން އުނިކޮށްދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. ޖާބިރު މީޑިއާގައި މިއަދު ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީން ކެނޑުނީ ޓުރިޒަމް ބޮއިކޮޓް ކުރަން އެ ޕާޓީން ގޮވާތީ ކަމަށެވެ.

އަދި ޖާބިރު ތާއީދު ކުރައްވަނީ ރައީސް ޔާމީންގެ ސިޔާސަތަށް ކަމަށް އޭނާ ވިދާޅުވެފަ ވެއެވެ.

ޖާބިރު އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު އޭނާގެ އަނބިކަނބަލުން ފާތްމަތު ދިޔާނާ ސައީދު ގެންދަވަނީ ސަރުކާރާއި ދެކޮޅަށް އެމްޑީޕީން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެންނަވަމުންނެވެ. އަދި ރައީސް ޔާމީނަށް އެކަމަނާ ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޖާބިރަކީ މީގެ ކުރިންވެސް އެތައް ފަހަރު ޕާޓީ ބަދަލުކުރައްވާފައިވާ މެންބަރެކެވެ. އެގޮތުން ޖުމްހޫރީ ޕާޓީގައި ހުންނެވުމަށް ފަހު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމުން އެމްޑީޕީއަށް ބަދަލުވުމަށް ފަހު، ފަހުން ކާށިދޫ ދާއިރާއަށް ވާދަކުރެއްވުމަށް އޭނާ ވަނީ ޖޭޕީ އާއި ގުޅިވަޑައިގެންފަ އެވެ. އަދި އެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު ފަހުން ޖޭޕީން ވަކިވެ އެމްޑީޕީއާއި ގުޅިވަޑައިގެންނެވި އެވެ.

އޭގެ ފަހުން މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއިން އެމްޑީޕީ ފަރާތުން ވާދަކުރައްވާ ނާކާމިޔާބުވުމުން ޖާބިރުގެ އަޑުވަނީ ވަރަށް މަޑުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް