ގަން އެއާޕޯޓު މުވައްޒަފުންގެ މުޒާހަރާ ވަގުތީ ގޮތުން މެދުކަނޑާލައިފި

މުސާރައިގެ އޮނިގަނޑަށް އައި ބަދަލުގެ ސަަބަބުން ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުން ކުރަމުން ދިޔަ ހަޅުތާލު ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. މުސާރަ އާއި އެލަވަންސްގެ މައްސަލާގައި މުޒާހަރާ ކުރި މ...

05 Apr 2015 | 08:41

މުސާރައިގެ އޮނިގަނޑަށް އައި ބަދަލުގެ ސަަބަބުން ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުން ކުރަމުން ދިޔަ ހަޅުތާލު ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މުސާރަ އާއި އެލަވަންސްގެ މައްސަލާގައި މުޒާހަރާ ކުރި މުވައްޒަފުން ބުނީ މުޒާހަރާ ކުރުން ހުއްޓާލީ މިމަހުގެ މުސާރަ ލިބޭގޮތް ބެލުމަށް ކަމަށެވެ. އަދި އެއީ ކުންފުންޏަށް ކަންކަން ރަނގަޅު ކުރުމަށް ދިން ފުރުސަތެއްކަމަށް އެމީހުން ބުންޏެވެ.

އައްޑޫ ގަން އެއާޕޯޓުގެ މުވައްޒަފުން ހަޅުތާލު ކުރަން ފެށީ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ ސަބަބުން ސާވިސް އެލަވަންސް ކަނޑާލީ ކަމަށް ބުނެ އެވެ. އެކަމާ ގުޅިގެން ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނީީ ކުރިން މުސާރަ ދެމުން ގެންދިޔަ އުސޫލުން މުވައްޒަފުންނަށް މުސާރަ ދެމުން ގެންދާނެ ކަމަށެވެ.

އޭއައިއޭ އިން އަލަށް އެކުލަވާލި މުސާރައިގެ އާ އޮނިގަނޑުގައި ސާވިސް އެލަވަންސް ވަނީ އަސާސީ މުސާރައިގެ ތެރޭގައި ހިމަނާފަ އެވެ. ސާވިސް އެލަވަންސް އުނިކޮށްފައިވާ ކަމަށް މުވައްޒަފުން ބުނާއިރު އޭއައިއޭ އިން ބުނީ އެ ބަދަލާއި ގުޅިގެން މުވައްޒަފުން ގެއަށް ގެންދަން ލިބޭ އެއްޗެއް މިހާރަށް ވުރެ ބޮޑުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް