ކުޅުދުއްފުށީގެ ގިނަ ވިޔަފާރިވެރިންތަކެއް ފިހާރަތައް ބަންދުކޮށް ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާ ކުރަމުން އެބަދެއެވެ.
ވިޔަފާރިވެރިން މުޒާހަރާކުރަން ފެށީ ކަރަންޓް ސަބްސިޑީ ކަނޑާލުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސް ޔާމީނަށް ކުޅުދުއްފުށީގެ ވިޔަފާރިވެރިން ފޮނުވި ސިޓީއަށް ސަރުކާރުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާތީ ކަމަށް މައުލޫމާތު ލިބެ އެވެ. ކުޅުދުއްފުށީ އޮންލައިނުން ރިޕޯޓު ކުރާގޮތުގައި މިއަދުގެ މުޒާހަރާގައި އެ ރަށުގެ 100 އަށްވުރެ ގިނަ ވިޔަފާރިވެރިން ދަނީ ބައިވެރިވަމުންނެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރައީސަށް ފޮނުވި ސިޓީގެ ޖަވާބު ލިބެންދެން ކައުސިލް އިދާރާ ކުރިމަތީގައި ތިބޭނެ ކަމަށެވެ. އަދި ސަރުކާރުގެ ޖަވާބެއް ލިބެންދެން ވިޔަފާރިތައް ބަންދު ވާނެނެކަމަށްވެސް އެމީހުން ބުންޏެވެ.
މިއަދު ބަންދުކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި ކުޅުދުއްފުށީގެ ބޮޑެތި ވިޔަފާރިތައް ހިމެނޭކަން ފާހަގަކޮށްލެވެ. މިއަދު އެ ރަށުގައި ހިދުމަތް ދެމުންދަނީ އެސްޓީއޯގެ ދެ ފިހާރައިން އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް