މެމްބަރު އިލްހާމްގެ ކޮއްކޮ ކޯޑިނޭޓަރަކަށް ހަމަޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހްމަދުގެ ކޮއްކޮ، ހުސައިން މައުރޫފް، ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހަމަޖައްސައިފި އެވެ. މައުރޫފް ހ...

05 Apr 2015 | 08:18

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އިލްހާމް އަހްމަދުގެ ކޮއްކޮ، ހުސައިން މައުރޫފް، ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހަމަޖައްސައިފި އެވެ.

މައުރޫފް ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހަމަޖެއްސިކަން މިނިސްޓްރީގެ މުވައްޒަފަކު ވަނީ ދުވަހަށް ކަށަވަރުކޮށްދީފަ އެވެ.

މައުރޫފު ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހަމަޖެއްސި އިރު އެ މިނިސްޓްރީގައި މިހާރު ޖުމްލަ ހަ ކޯޑިނޭޓަރުން ތިބެ އެވެ.

އިލްހާމް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރުގެ ގޮތުގައި ހުންނަވަނިކޮށް އޭނާގެ ކޮއްކޮއަށް ސަރުކާރުން މަގާމެއް ހަމަޖައްސައިދިނުމާއި ގުޅިގެން އިލްހާމް ވަނީ އޭނާގެ އެއްބަނޑުއެއްބަފާ ބޭފުޅުންނަށް ބޭޏުން ސިޔާސީ ފިކުރަކަށޤ ތާއީދު ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް