އެއާ އިންޑިއާގެ މާލެ ބެންގަލޫރު ދަތުރުތައް މެދުކަނޑާލަނީ

އެއާ އިންޑިއާ އިން މާލެ އާއި ބެންގަލޫރާ ދެމެދު ކުރަންމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ. ދަތުރުތައް މެދުކަނޑާލަނީ އަންނަ ބުދަދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރުގެ...

05 Apr 2015 | 08:10

އެއާ އިންޑިއާ އިން މާލެ އާއި ބެންގަލޫރާ ދެމެދު ކުރަންމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

ދަތުރުތައް މެދުކަނޑާލަނީ އަންނަ ބުދަދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. ނަމަވެސް ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާ ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

އެ އެއާލައިނުން ނެރުނު ނޯޓިސްއެއްގައި ބުނެފައި ވަނީ ބެންގަލޫރަށް ދަތުރުކުރާ ޕެސެންޖަރުން ބުދަ ދުވަހުގެ ނިޔަލަށް ދަތުރު ނިންމުމަށް އެދޭކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހު ދަތުރުކުރުން ނޯންނާނެ ކަމަށާއި އެހެންވެ ޕެސެންޖަރުން ބުދަ ދުވަހަށް ރީ ބުކްކޮށްފައިވާ ކަމަށެވެ.

އެއާ އިންޑިއާއިން ބެންގަލޯއާ މާލެއާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލި ނަމަވެސް މާލެ- ޓްރިވެންޑްރަމް ދަތުރުތައް މެދުކަނޑާލާ ގޮތަށް ހަމަޖައްސާފައެއްނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް