ފިޓިން ރޫމަށް އަމާޒުކޮށްފައިހުރި ކެމެރާއެއްގެ މައްސަލަ އިންޑިއާގެ އަންހެން މިނިސްޓަރަކު ފުލުހުންނަށް ހުށަހަޅައިފި

އަވައްޓެރި އިންޑިއާގެ ގޯއާގައި ހުންނަ ފިހާރައެއްގެ ފިޓިން ރޫމާ ދިމާއަށް ކެމެރާއެއް އަމާޒުކޮށްފައިހުރުމުން އިންޑިއާގެ އަންހެން މިނިސްޓަރަކު އެކަން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ. އިންޑިއާގެ ނޫސްތަކުން ...

05 Apr 2015 | 01:31

އަވައްޓެރި އިންޑިއާގެ ގޯއާގައި ހުންނަ ފިހާރައެއްގެ ފިޓިން ރޫމާ ދިމާއަށް ކެމެރާއެއް އަމާޒުކޮށްފައިހުރުމުން އިންޑިއާގެ އަންހެން މިނިސްޓަރަކު އެކަން ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުން އެގައުމުގެ ފެޑެރަލް އެޑިއުކޭޝަން މިނިސްޓަރު ސްމިރިޓީ އިރާނީ އަށް އެ ކެމެރާ ފެނުނީ ގޯއާގައި ހުންނަ "ފެބް އިންޑިއާ" ކިޔާ ފިހާރައަކުންނެވެ. ސްމިރިތީއަށް އެ ކެމެރާ ފެނުނީ ފިޓިން ރޫމަށް ވަނުމުގެ ކުރިން ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި މައްސަލައިގާ މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެމީހުން އެ ކެމެރާ ބޭނުންކޮށްގެން ފާއިތުވި ހަތަރު މަސްދުވަހު އަންހެނުން ހެދުން ބަދަލުކުރާ މަންޒަރު ވީޑިއޯކޮށްފައިވާކަމަށް އިންޑިއާގެ ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް