މި ރޯދަމަހު ތަކެތީގެ އަގު ބޮޑުވޭތޯއާއި ތަކެތީގެ ކޮލިޓީ ރަނގަޅުތޯ ބެލުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އެ ޤައުމުގެ ބާޒާރުތަކަށް ޒިޔާރަތެއް ކުރައްވައިފިއެވެ.
މެލޭޝިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ބޮޑުވަޒީރު އަންވަރު، މެލޭޝިޔާގެ ކުއާލާ ލަމްޕޫރުގެ ކާރުބާރުބޮޑު މާރުކޭޓުތަކަށް ޒިޔާރަތްކުރީ ކުރިން އެންގުމަކާ ނުލައެވެ. އަދި 40 ވަރަކަށް މިނެޓު ބާޒާރުގައި ހޭދަކުރައްވައި ތަކެތީގެ އަގާއި ރަހަ ބައްލަވައިލެއްވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މި އަހަރުގެ ރަމަޟާން މަހު މެލޭޝިޔާގެ މުސްލިމުންނަށް ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް މެލޭޝިޔާ ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުން އަންނަނީ ކޮންމެ ދުވަހަކު ބާޒާރު މޮނީޓަރ ކުރަމުން ކަމުގައި މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް