އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލައިގާ އިހުތިޖާޖު ކުރުން ނޫން ގޮތެއް ދެން ނެތް ކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި މޭޔަރު ވިދާޅުވެފައިވަނީ ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދެވޭ އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި 31 ވަނަ މާއްދާއިން ލިބިދެވޭ ހަޅުތާލު ކުރުމުގެ މިނިވަން ކަމާއި އެކު އައްޑޫ ސިޓީގެ ރައްޔިތުން ކަރަންޓްގެ އަސާސީ ހައްގުން މަހްރޫމުކޮށް އެމައްސަލަ ހައްލު ކުރުމަށް ސަރުކާރު އިހުމާލުވެފައި ވުމާއި އަދި އެމައްސަލަ ހައްލު ކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ސީޓިގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބި ގަތުމަށް އިހްތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް ދެކެލައްވާކަމަށެވެ.
އައްޑޫ ކަރަންޓު މައްސަލައަށް މި ރޯދަ މަހުވެސް ހައްލެއް ލިބިފައެއް ނުވެއެވެ. މި ރޯދަމަހުވެސް ހަމަ ކޮންމެ ދުވަހަކުހެން އަންނަނީ ވަކި ވަގުތު ތަކަކަށް ކަރަންޓު ކަނޑަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް