އެތެރެކުރަން އުޅުނު ކެނަބިސް އަތުލައިގެންފި – މަގުމަތީ އަގު 8 ލައްކައިން މަތި

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.070 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ. ކަސްޓަމްސް އިން ބުނެފައިވާގޮތުގައި އެތަކެތި އަތުލައިގަނެފައިވަނީ 2025 މާރިޗް 04 ވަނަ ދުވަހު ޕޯ...

05 Mar 2025 | 09:46

ރާއްޖެއަށް އެތެރެކުރަން އުޅުނު 1.070 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނެފައިވާގޮތުގައި އެތަކެތި އަތުލައިގަނެފައިވަނީ 2025 މާރިޗް 04 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައެވެ.

"ބަލާފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް (Cannabis) އަށް ވަނީ ޕޮޒިޓިވްވެފައި، މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 1.070 ކިލޯގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 856,000 (އަށް ލައްކަ ފަންސާސް ހަ ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ" ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި އަދި މި ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި، 52 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައި ކަމުގައި ކަސްޓަމްސް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް