ފިލްމު "ޖަންނަތު" ގެ ތަރި ސޯނަލް ރާއްޖޭގައި

އިންޑިއާގެ ފިލްމީ ތަރި ސޯނަލް ޗޯހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ. ސޯނަލްގެ އިންސްޓަގްރާމް ޕޯސްޓްތަކަށް ބަލައިލާއިރު އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުރަވެރި މޯލްޑިވްސް ރިސޯޓުގައިކ...

05 Mar 2025 | 09:33

އިންޑިއާގެ ފިލްމީ ތަރި ސޯނަލް ޗޯހާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

ސޯނަލްގެ އިންސްޓަގްރާމް ޕޯސްޓްތަކަށް ބަލައިލާއިރު އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުރަވެރި މޯލްޑިވްސް ރިސޯޓުގައިކަން އެނގެއެވެ. އަދި ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައީ މީގެ ދެ ދުވަސް ކުރިންކަންވެސް އެނގެއެވެ.

2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް 20 ފިލްމެއް ކުޅެފައިވާ ސޯނަލްއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައީ އޭނާ ކުޅުނު ފުރަތަމަ ފިލްމު "ޖަންނަތު" އިންނެވެ.

ދިވެހިންގެ މެދުގައިވެސް މަގްބޫލުވި "ޖަންނަތު" ފިލްމުގައި ސޯނަލް އާއެކު ބަތޮލުގެ ރޯލު ކުޅެފައިވަނީ އިމްރާން ޚާޝިމީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް