ޣައްޒާ އާރާސްތު ކުރުމަށް މިސްރުން ހުށަހެޅި މަގުޗާޓު އަރަބި ވެރިން ބަލައިގެންފި

ވީރާނާ ކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިސްރުން ހުށަހެޅި މަގުޗާޓު އަރަބި ޤައުމުތަކުގެ ވެރިންނަށް ކަމުގޮސްފިއެވެ. މިސްރުގެ ވެރިރަށް ގާހިރާގައި އިއްޔެ ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމުގައި...

04 Mar 2025 | 21:09

ވީރާނާ ކޮށްލާފައިވާ ޣައްޒާ އަލުން އާރާސްތު ކުރުމަށް މިސްރުން ހުށަހެޅި މަގުޗާޓު އަރަބި ޤައުމުތަކުގެ ވެރިންނަށް ކަމުގޮސްފިއެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި އިއްޔެ ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމުގައި ޤަތަރުގެ އަމީރާއި އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސާއި ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރާއި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯސް ގަޓަރޭޒް ބައިވެރިވިއެވެ.

މިސްރުން ހުށަހެޅި މަގުޗާޓުގައި އޮތީ ހާލަތުން އަރައިގަތުމަށް އޮތް މަރުހަލާ އަކާއި ޣައްޒާ އާރާސްތު ކުރުމުގެ މަރުހަލާއެކެވެ. އަދި ޣައްޒާގައި ކަންކަން ބަލަހައްޓާނެ ބާރަކީ ކޮބައިކަމާއި މެދުގައިވެސް އެ މަގުޗާޓުގައި އަލިއަޅުވާލާފައިވެއެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ދެވަނަ މަރުހަލާގައި ޣައްޒާ އާރާސްތު ކުރުން ހިމެނޭއިރު ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް "އެޑްމިނިސްޓްރޭޓިވް ކޮމިޓީއެއް" އެކުލަވާލުމުގެ ވާހަކަ ހިމަނާފައިވެއެވެ. އަދި "Palestinian Authority" އިން ޣައްޒާގެ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސާނެ ގޮތާއިމެދުގައިވެސް އެ މަގުޗާޓުގައި އަލިއަޅުވާލާފައިވާކަމަށް ވެއެވެ.

ފަލަޞްޠީނުގެ ރައީސް މަހްމޫދު އައްބާސް ބުނެފައިވަނީ މިސްރުގެ އެ މަގުޗާޓަށް ތާއީދުކޮށްދިނުމަށް އެމެރިކާ ކުރެން އެދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް