ޖޫސް ޓައިމަށް ހަަމަލާދިން އެކަކު ހައްޔަރު ކޮށްފި

ހުޅުމާލޭ ޖޫސް ޓައިމަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވޭ އެކަކު ހައްޔަރު ކޮށްފި އެވެ. ހެލްމެޓު އަޅައިގެން ތިބި ދެ މީހަކު ގޮސް އެތަނަށް ހަމަލާދީ ލޫޓުވީ މިދިޔަ މަހުގެ17 ވަނަ ދުވަހުގެ ރޭ އެވެ. ފުލުހުންގެ...

05 Mar 2023 | 16:28

ހުޅުމާލޭ ޖޫސް ޓައިމަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވޭ އެކަކު ހައްޔަރު ކޮށްފި އެވެ.

ހެލްމެޓު އަޅައިގެން ތިބި ދެ މީހަކު ގޮސް އެތަނަށް ހަމަލާދީ ލޫޓުވީ މިދިޔަ މަހުގެ17 ވަނަ ދުވަހުގެ ރޭ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރު ކުރި މީހާއަކީ އެތަނަށް ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކު ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އެއީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މީގެ ކުރިންވެސް ފުލުހުން ވަނީ މި މައްސަލައިގަ ހުޅުމާލޭ ފްލެޓެއް ބަލާ ފާސްކޮށް ބަޔަކު ހައްޔަރުކޮށްފައި އެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ބުނީ އެ ތަނަށް ހަމަލާދިނީ ގޭންގުތަކެއްގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކެއްގެ ތެރެއިން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް