ދޯންޏެއްގެ ތެރޭގައި މާރާމާރީ ހިންގައިގެން ހައްޔަރު ކުރި ހުރިހާ ބިދޭސީން ދޫކޮށްލައިފި އެވެ.
މި މައްސަލައިގަ11 ބިދޭސީން އިއްޔެ ހައްޔަރު ކުރި އެވެ. މި ހާދިސާ ހިނގީ ޓީ ޖެޓީ ސަރަހައްދުގައި އަޅާފައި އޮތް ދޯންޏެއްގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ ހައްޔަރު ކުރި ހުރިހާ ބިދޭސީން ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު ދޫކޮށްލި ސަބަބެއް އަދި އިތުރު ތަފްސީލެއް ނުދެ އެވެ.
އިއްޔެ ސޯޝަލް މީޑިއާގައި އާންމު ވީޑިއޯއިން ފެންނަނީ އެމީހުނ އެއްބަޔަކު އަނެއް ބަޔަކަށް އަތުގައި ޖެހުނު އެއްޗަކުން ހަމަލާ ދޭތަނެވެ. އެގޮތުން ދޯނީގައި އޮތް ފިހިގަނޑަކާއި ހަންތަކާއި ލަކުޑިބުރި ފަދަ ތަކެތި އެކަކު އަނެކަކަށް ހަމަލާ ދިނުމަށް ބޭނުން ކުރިތަންް ފެނުނެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ނޭނގޭއިރު އޭގެ ތެރެއިން ފަސް މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދީފައިވެ އެވެ. އަދި އެއީ ކޮން ގައުމުތަކަކަށް ނިސްބަތްވާ ބިދޭސީންނެއް ކަމެއްވެސް ނޭނގެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް