އިހްތިސާސްއާ މެދު ސުވާލު އުފެއްދުމުން އެމްޑީޕީ ޕްރައިމަރީގެ މައްސަލައިގަ ވަގުތީ އަމުރުން ނެރުން ފަސްކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަަތީޖާއަށް އަމަލު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރު ނެރެދިނުން ސިވިލް ކޯޓުން ފަސްކޮށްފި އެވެ. އެމްޑީޕީގެ ޕްރައިމަރީ ބާތިލްކޮށް ދިނުމަށް އެދި އެ ކޯޓަށް މައްސަލަ ހުށަހެޅ...

05 Mar 2023 | 09:15

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަަތީޖާއަށް އަމަލު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރު ނެރެދިނުން ސިވިލް ކޯޓުން ފަސްކޮށްފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާތިލްކޮށް ދިނުމަށް އެދި އެ ކޯޓަށް މައްސަލަ ހުށަހެޅީ އަލީ އަމްޖަދު ކިޔާ މީހެކެވެ.

އެ މައްސަލައިގަ އަމްޖަދު ވަނީ  ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައި އެވެ. އެ މައްސަލައިގަ ސިވިލް ކޯޓުގައި މިއަދު ތާވަލްކުރީ ވަގުތީ އަމުރާ މެދު ވާހަކަ ދެއްކުމައި ގޮތެއް ނިންމުމުވެ.

ސިވިލް ކޯޓުން އޭނާ އެދުނު ގޮތަށް ވަގުތީ އަމުރު ނުނެރެދީ ފަސް ކުރަން ނިންމީ މިއަދުގެ އަޑުއެހުމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެމްޑީޕީން އިހްތިސާސްއާ މެދު ސުވާލު އުފެއްދުމުންނެވެ. އެކަމަށް ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ކޯޓުން މިއަދު ވަނީ ދީފަ އެވެ.

މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި ނަމަ، އެކަމާ މެދު ދައުވާކުރާ ފަރާތުން ޖަވާބު ދޭންޖެހޭނެ އެވެ. އަދި އެއަށްފަހު އެކަމާ މެދު ކޯޓުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު61 ޕަސެންޓު ވޯޓުންނެވެ. ދެން ވާދަ ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ39 ޕަސެންޓު ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް