ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީހަށް ބަދަލުކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އެ އިދާރާ އޮފީސް ހިންގާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އޯކިޑްމާ ހިނގުމުގައި ހުންނަ އުމަރު ޒާހިރު އޮފީސް ބިލްޑިންގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ.
މިނިސްޓްރީގެ ކައުންޓަރުތަކުން ދޭ ހިދުމަތްތައް ދެން ދޭނީ އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުންނެވެ. މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންގެ ހުރިހާ ހިދުމަތެއް ވެސް ދޭނީ އެ އޮފީހުން ކަމަށް ބުންޏެވެ.
ހަޔަ އެޑިއުކޭޝަންގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ވެސް މިހާރު ވަނީ ހުޅުމާލެއަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް