މާލޭ މަގުތަކުގެ ފާރުތަކުގައި ހުރި ކުރެހުންތަކާއި ލިޔުންތައް ފޮހެން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް ކުރަމުންދަނީ ފުލުހުންގެ އެހީތެރިކަމާއި އެކު ކަމަށެވެ.
ފޮހެމުން ދަނީ އާންމު އިޖްތިމާއީ މިންގަޑާއި ހިލާފަށް ކުރަހާފައިވާ ކުރެހުންތަކާއި ލިޔުންތަކެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވަމުންދަނީ ސިޓީ ކައުންސިލް މުވައްޒަފުންނެވެ. ފުލުހުން އެހީތެރިވަމުން ދަނީ އެ ސަރަހައްދުތަކުގައި މަސައްކަތް ކުރާއިރު ސެކިއުރިޓީ ބެލެހެއްޓުމުގައި އެވެ.
މާލޭގެ އެކި މަގުތަކުގައި ތަފާތު ގްރެފިޓީތަކާއި ހަޑި ހުތުރު ބަސްތައް ލިޔެފައި ހުރުމަކީ އާންމު ކަމެކެވެ.
މީގެ ކުރިންވެސް ސިޓީ ކައުންސިލުން ވަނީ އެފަދަ ކުރެހުންތަކާއި ލިޔުންތައް ފޮހެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް