ބެއިޖިން އިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދީފިނަމަ އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެ - އެމެރިކާ

ބެއިޖިން އިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި، މިކަމައިގެން ކުރިއަށް ގޮސްފިނަމަ އޭގެ ނަތީޖާއާއި ޗައިނާއިން ކުރިމަތިލާންޖެހޭނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ސެ...

05 Mar 2023 | 06:08

ބެއިޖިން އިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި، މިކަމައިގެން ކުރިއަށް ގޮސްފިނަމަ އޭގެ ނަތީޖާއާއި ޗައިނާއިން ކުރިމަތިލާންޖެހޭނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ސެކްރެޓަރީ އެންޓޯނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބްލިންކެން ވިދާޅުވީ ޗައިނާއާއި ޔޫކްރޭންގައި ރަޝިޔާގެ އުދުވާނީ އަމަލުތަކަށް ތާއީދުކުރުމުގެ ނަތީޖާގެ ސަބަބުން ދެ ޤައުމުގެ ގުޅުން ހީނަރުވުން ކަމަށެވެ. އަދި ޗައިނާއިން ރަޝިއާ ޔޫކްރެއިން މައްސަލަ ފެށުނީސުރެން ކުލެމުން ގެންދާ ރޯލަށް ބްލިންކެން ފާޑުވިދާޅުވިއެވެ. މީގެއިތުރުން މިހާރު ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމަށް ވިސްނަމުންދާ ކަމުގެ މައުލޫމާތާ ލިބިފައިވާކަމަށާއި، މިކަމާމެދު ކަންބޮޑުވާކަމަށް ބްލިންކެން ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ހަވީރު އިންޑިއާއަށް ވަޑައިގެންނެވި ބްލިންކެން ވަނީ ޖީ20 ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުންތައް މުރާޖަޢާކޮށް ދުނިޔޭގެ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ބްލިންކެން ވަނީ ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް އާއިވެސް ވާހަކަ ދެއްކެވިކަން ކަށަވަރު ކޮށްދީފައެވެ.

"އަޅުގަނޑު ރަޝިޔާއަށް އިލްތިމާސްކުރީ ޒިންމާދާރުކަން ކުޑަ ނިންމުންތައް ދޫކޮށްލުމަށް. އެމެރިކާއާއި ރަޝިޔާގެ ނިއުކްލިއާ ހަތިޔާރުތަކަށް ޔަގީންކުރެވޭ ލިމިޓްތަކެއް ކަނޑައަޅާފައިވާ ނިއު ސްޓާޓް ތަންފީޒުކުރުމަށް އެނބުރި ދިއުމަށް އެދުނިން. އެއްބަޔަކު އަނެއްބަޔަކަށް ތަބާވުމަކީ އަޅުގަނޑުމެންގެ ދެ ގައުމުގެ މަސްލަހަތު ދެމެހެއްޓުމަށް ކުރަންޖެހޭ ކަމެއް" ބްލިންކެން އިތުރަށް ވިދާޅުވި އެވެ.

މި ބައްދަލުވުމަކީ މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރިމަތިލުން ފެށި ފަހުން އެމެރިކާ އިސްވެ އޮވެ ހުޅަނގުގެ ގައުމުތަކާއި ރަޝިޔާއާ ދެމެދު ފިތުނަ އުފެދުނު ފަހުން ދެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް