ސިޔާސަތުތައް ކަނޑައެޅުމުގައި އާންމުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ޑާއޯއެއް !

ރާއްޖޭގައި ސިޔާސަތުތައް ކަނޑައެޅުމުގައި އާންމުންގެ ބައިވެރިވުމާއި ދެފުށް ފެންނާނެ ގޮތެއްގައި ކޮލޭބޮރޭޓިވް ގޮތެއްގައި ކުރިއަށް ގެންދެވޭނެ ޑާއޯއޭ އިއުލާނު ކޮށްފިއެވެ. "ވަންއައިލް  ޑާއޯ" ގެ ނަން ދީފައިވާ...

05 Mar 2023 | 05:32

ރާއްޖޭގައި ސިޔާސަތުތައް ކަނޑައެޅުމުގައި އާންމުންގެ ބައިވެރިވުމާއި ދެފުށް ފެންނާނެ ގޮތެއްގައި ކޮލޭބޮރޭޓިވް ގޮތެއްގައި ކުރިއަށް ގެންދެވޭނެ ޑާއޯއޭ އިއުލާނު ކޮށްފިއެވެ.

"ވަންއައިލް  ޑާއޯ" ގެ ނަން ދީފައިވާ މި ޑާއޯ އަކީ ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި އާންމުންގެ ބައިވެރިވުން އިތުރު ކުރުމާއި ނިންމުންތަން ނިންމުމުގައި ކޮރަޕްޝަނަށް ފަހިވާގޮތަށް ދާ ކަންކަން ނިމުމަކަށް ގެނެސް ނިންމުންތައް ނިންމުމުގެ މަރުހަލާ ހާމަކަން ބޮޑުގޮތެއްގައި ކުރިއަށްގެންދިއުމަށާއި ގައުމަށް އެ އިރެއްގައި އެންމެ ބޭނުންވާ އަދި މުޖްތަމައަށް އެ ވަގުތެއްގައި އެންމެ ބޮޑަށް އަސަރުކުރުވާ މައްސަލަތަކަށް އެކަށީގެންވާ ސިޔާސަތުތައް އެކުލަވާލުމުގައި އާންމުންނާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކާއެކުގައި މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެކެވެ.

ވަން އައިލް ޑާއޯއަކީ، ފާރިސް މައުމޫން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ އީޖާދީ އެކްސްޕެރިމެންޓެކެވެ. މިއީ ސިޔާސަތު ކަނޑައެޅުމުގެ މަރުހަލާގައި އާންމުންގެ ހިޔާލާއިއެކު މަސައްކަތް ކުރުމަށް ބާރުއަޅާ އައު ޑިމޮކްރެޓިކް ޕްރޮސެސްއެކެވެ. އަދި ވަން އައިލްގެ ދަށުން ހާމަކަން ބޮޑު ނިޒާމެއް އުފައްދައި، މުހިންމު މަޝްވަރާތަކުގައި އެންމެން ބައިވެރިވުމަށް ފުރުސަތުދީ، އެފަރާތްތަކުގެ އަޑު އިވޭނެކަމުގެ ޔަޤީންކަން ކަށަވަރުކޮށްދޭނެއެވެ. މި ނިޒާމުގެ އަމާޒަކީ އެއްބާރުލުންދޭ ޑިމޮކްރަސީގެ ސަބަބުން ފައިދާހުރި އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ސިޔާސަތުތައް އުފައްދާ، އާޚިރުގައި މުޅި މުޖުތަމަޢަށް ފައިދާ ކުރާނެކަން ކަށަވަރުކޮށް ހާސިލުކުރުމެވެ.

ޑީސެންޓްރަލައިޒްޑް އޮޓޯނޮމަސް އޯގަނައިޒޭޝަން ނުވަތަ ޑާއޯ އަކީ ސްމާޓް ކޮންޓްރެކްޓް ކިޔާ ކޮމްޕިއުޓަރ ޕްރޮގްރާމްތަކެއްގެ ގޮތުގައި އިންކޯޑްކޮށްފައިވާ އުސޫލުތަކެއްގެ ތެރެއިން ހިނގާ އޮޓޮނޯމަސް ސިސްޓަމެކެވެ. ޑާއޯ އޮޕަރޭޓް ކުރަނީ ލާމަރުކަޒީ އަދި ހާމަކަން ބޮޑު ގޮތެއްގައެވެ. މިކަމުގެ ސަބަބުން ނިންމުން ނިންމާ ޕްރޮސެސްގައި އޯގަނައިޒޭޝަންގެ ހުރިހާ މެމްބަރުންގެ ބައިވެރިވެ، ޝާމިލްވާނެއެވެ.

ޑާއޯއެއްގެ ވެރިކަން ބިނާވެފައިވަނީ އެ ޑާއޯއެއްގެ މަސްލަހަތަށްޓަކައި އަމަލުކުރުމަށް ބާރުއަޅާ މެމްބަރުން އެއްބަސްވެ ތަންފީޒުކުރާ ގަވާއިދުތަކާއި ޕްރޮޓޮކޯލްތަކެއްގެ މައްޗަށެވެ.

ބްލޮކްޗޭން ޓެކްނޮލޮޖީ ބޭނުންކުރުމުން ނިންމުންތައް ނިންމުމުގެ މަރުހަލާގައި ހުރިހާ މެންބަރުންނަށް ހާމަކަން ބޮޑުކޮށް، އެންމެންގެ އެއްބަސްވުމާއެކު ނޫނީ ކަންކަން ބަދަލްނުކުރެވޭނެއެވެ. އަދި ރައްކާތެރި ނިޒާމެއް ބިނާކޮށް، މާ ޑިމޮކްރެޓިކް އަދި ލާމަޒުކަޒީ އޯގަނައިޒޭޝަނެއް ހިންގުމަށް މަގުފަހިވާނެއެވެ.

މި ކޮލަބޮރޭޓިވް ޑިމޮކްރަސީ އެކްސްޕެރިމެންޓަކީ އިންތިޚާބުކުރާ މީހުން ކަމުގައިވާ އާއްމު ރައްޔިތުން މީހާއާއި އިންތިޚާބުވެފައިވާ މީހުން އެކުގައި މަސައްކަތް ކުރެވޭ ޒަމާނީ އީޖާދީ ވެއްޓެއްގައި ޓެކްނޮލޮޖީގެ އެހީގައި ކޮންމެ ހާލަތަކަށް ވެސް އެންމެ ރަނގަޅު ހައްލުތައް ހޯދުމަށް އެކުގައި މަސައްކަތްކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ނިޒާމަކަށް ވެގެންދާނެކަމުގައި ވަން އައިލް ޑާއޯ އިން ގަބޫލުކުރެއެވެ.

މި ނިޒާމުގައި ހިމެނެނީ ޕްރޮޖެކްޓް ހިންގުމަށް މަގުފަހިކޮށްދީ، މަޝްވަރާތައް ކުރިއެރުވުމާއި، އިތުބާރު ހުރި ޕްރޮކްސީ ރެޕްރެޒެންޓޭޓިވްސް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅޭނެ ގޮތަށް ތިން ބަޔަކަށް ބަހާލާ ފަރުމާކޮށްފައިވާ ސޮފްޓްވެއާ ސޫޓެކެވެ. މި ޕްރޮސެސްގެ ފުރަތަމަ އަދި ތިންވަނަ ބައިގައި ބްލޮކްޗޭން ޓެކްނޮލޮޖީ ހިމަނާފައިވާއިރު، މިކަމުން ހާމަކަންބޮޑު، ހަރުދަނާ ނިޒާމެއްގެ ދަށުން އެންމެންގެ ބައިވެރިވުން ކަށަވަރުކޮށްދޭނެއެވެ.

މި ޑީސެންޓްރަލައިޒްޑް އޮޓޮނޯމަސް އޯގަނައިޒޭޝަން (ޑާއޯ) ގައި ބައިވެރިވެ، ޑިމޮކްރަސީ، އިންސާނީ ހައްގުތައް، އިގްތިސާދީ ތަފާތުކުރުން، މޫސުމަށް އަންނަ ބަދަލުތައް، ތައުލީމާއި، ސިއްހަތާއި، އިޖުތިމާއީ ރައްކާތެރިކަން ފަދަ ކަންކަން ޕްރޮމޯޓުކުރުމަށް، އެފަރާތްތަކުން ތަމްސީލުކުރާ މުޖުތަމައުތަކުގެ ހައްގުގައި ވޯޓުދިނުމަށް ވަން އައިލް އިން އެންޖީއޯ، ޕޮލިޓިކަލް އޯގަނައިޒޭޝަންތަކަށް ދައުވަތު އަރުވާ.

މި ޑާއޯގެ ރޯޑްމެޕް

ޑިކްލެރޭޝަން

ސިޔާސަތު ކަނޑައެޅުމުގެ ޕްރޮސެސްތަކުގައި އާންމުން ބައިވެރިވެ، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިންގުމުގައި ހުރިހާ ފަރާތްތަކެއް ހިމަނުމަށް މަސައްކަތް ކުރާނެ ޑީއޭއޯއެއް އުފެއްދުމުގެ ނިޔަތް ފައުންޑަރުން އާންމުކޮށް އިއުލާން ކުރެ އެވެ.

ވަން އައިލް ޑާއޯ

ވަން އައިލް ޑާއޯއާ އުފެދިފައިވަނީ، ބޭނުންވާ ސްމާޓް ކޮންޓްރެކްޓްތަކާއި، ވޯޓުލުމުގެ އުސޫލުތަކާއި، ހިންގުމުގެ އޮނިގަނޑުތައް ގާއިމްކޮށްގެންނެވެ.

ޕަބްލިކް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު

ވަން އައިލް ޑާއޯ ޕްލެޓްފޯމް އަކީ ސިޔާސަތަށް ބަދަލު ގެނައުމާއި، ގާނޫނުތަކަށް ނުވަތަ އެނޫންވެސް މައްސަލަތަކަށް ފަސޭހަކަމާއެކު އާންމުންނަށް ޕްރޮޕޯސަލް ހުށަހެޅޭނެ ޕްލެޓްފޯމެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް އާންމުންނަށް އެހެން ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް މުރާޖައާކޮށް ހިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އޭއައި ޕަވަރޑް ޗެޓްބޮޓް:

ވަން އައިލް އިން އާންމުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ޑޭޓާއާ އެކު ތަމްރީނުކޮށްފައިވާ އޭއައި ޕަވަރޑް ޗެޓްބޮޓެއް ތައާރަފް ކުރާނެ އެވެ. މި ޗެޓްބޮޓް ފަރުމާކޮށްފައިވަނީ ސިޔާސީ ފަރާތްތަކަށް އާންމު ޚިޔާލުތައް ވިސްނައިދިނުމާއި، އާންމު މައުޟޫއުތަކާއި މައްސަލަތައް ދެނެގަތުމާއި، ސިޔާސީ ނިންމުންތައް ނިންމުމުގައި މައުލޫމާތު ދިނުމަށް އެހީތެރިވެދޭ ވިސްނުންތައް ފޯރުކޮށްދިނުމަށެވެ.

ބްލޮކްޗޭން އަކީ ކޮބާ؟

ބްލޮކްޗޭން އަކީ ޓެމްޕަރ ޕްރޫފް އަދި ޓްރާންސްޕޭރެންޓް ގޮތެއްގައި މުއާމަލާތްތައް ރެކޯޑްކުރާ ލާމަރުކަޒީ ޑިޖިޓަލް ލެޖަރެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން މެދުވެރިއަކާ ނުލާ އެއް ޑޭޓާބޭސްއެއް ހިއްސާކޮށް މުއާމަލާތްތައް ޔަގީންކުރުމުގެ ފުރުސަތު ގިނަ ފަރާތްތަކަކަށް އެއްފަހަރާ ލިބިގެންދެ އެވެ. ބްލޮކްޗޭންއަކީ ހާމަކަން ބޮޑު، ރައްކާތެރި ކަށަވަރުކޮށްދޭ ވަސީލަތެއް ކަމުން މިއީ ފައިނޭންސް، ހެލްތްކެއާ، އަދި ގަވަރނަންސް ހިމެނޭ ގޮތަށް އެކި ދާއިރާތަކުގައި އިންކްލޫސިވިޓީއާއި އިތުބާރު ކަށަވަރުކުރުމަށް ރަނގަޅު ވަސީލަތެކެވެ.

ބްލޮކްޗޭންގެ ހާމަކަން ބޮޑުކަމުން ކޮންމެ ފަރާތަކަށް ވެސް އެއް މައުލޫމާތެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދެއެވެ. އަދި މީގައި ހިމެނޭ އެންމެންގެ އެއްބަސްވުމާއެކު ނޫނީ މީގައި ހުންނަ ޑޭޓާއަށް ބަދަލު ގެނެސް ނުވަތަ ޑިލީޓް ނުކުރެވޭނެ ކަމުގެ ޔަގީންކަން ލިބެ އެވެ. މި ސިފަތަކުގެ ސަބަބުން ބްލޮކްޗޭން އަކީ ހާމަކަން ބޮޑު އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ މުޖުތަމަޢެއް އުފެއްދުމަށް ބޭނުންކުރުމަށް ރަގަނޅު ވަސީލަތެކެވެ.

ޑާއޯ ނުވަތަ ޑީއޭއޯ އަކީ ކޮބާ؟

ޑާއޯ ނުވަތަ ޑީ ސެންޓްރަލައިޒްޑް އޮޓޮނޮމަސް އޯގަނައިޒޭޝަނަކީ ސްމާޓް ކޮންޓްރެކްޓް ކިޔާ ކޮމްޕިއުޓަރ ޕްރޮގްރާމްތަކެއްގެ ގޮތުގައި އިންކޯޑްކޮށްފައިވާ އުސޫލުތަކެއްގެ ތެރެއިން ހިނގާ އޮޓޮނޯމަސް ސިސްޓަމެކެވެ. ޑާއޯ އޮޕަރޭޓް ކުރަނީ ލާމަރުކަޒީ އަދި ހާމަކަން ބޮޑު ގޮތެއްގައެވެ. މިކަމުގެ ސަބަބުން ނިންމުން ނިންމާ ޕްރޮސެސްގައި އޯގަނައިޒޭޝަންގެ ހުރިހާ މެމްބަރުންގެ ބައިވެރިވެ، ޝާމިލްވާނެއެވެ.

ޑާއޯއެއްގެ ވެރިކަން ބިނާވެފައިވަނީ އެ ޑާއޯއެއްގެ މަސްލަހަތަށްޓަކައި އަމަލުކުރުމަށް ބާރުއަޅާ މެމްބަރުން އެއްބަސްވެ ތަންފީޒުކުރާ ގަވާއިދުތަކާއި ޕްރޮޓޮކޯލްތަކެއްގެ މައްޗަށެވެ.

ބްލޮކްޗޭން ޓެކްނޮލޮޖީ ބޭނުންކުރުމުން ނިންމުންތައް ނިންމުމުގެ މަރުހަލާގައި ހުރިހާ މެންބަރުންނަށް ހާމަކަން ބޮޑުކޮށް، އެންމެންގެ އެއްބަސްވުމާއެކު ނޫނީ ކަންކަން ބަދަލްނުކުރެވޭނެއެވެ. އަދި ރައްކާތެރި ނިޒާމެއް ބިނާކޮށް، މާ ޑިމޮކްރެޓިކް އަދި ލާމަޒުކަޒީ އޯގަނައިޒޭޝަނެއް ހިންގުމަށް މަގުފަހިވާނެއެވެ.

ވަން އައިލް ޑާއޯ މަސައްކަތް ކުރާ ގޮތް

ވަން އައިލް ޑާއޯ އިން ދަނީ އާންމު ސިޔާސަތުތައް ފަރުމާކުރުމުގައި ޖަމާއަތުގައި ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދިނުމަށް ބްލޮކްޗޭން ޓެކްނޮލޮޖީ ބޭނުން ކުރަމުންނެވެ. މިއީ އީއާރުސީ-20 ގަވަރނަންސް ޓޯކަންސް ބޭނުންކޮށްގެން މުޖުތަމައުގެ މެމްބަރުންނާއި ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށް އިންޕުޓް ފޯރުކޮށްދޭ ނިޒާމެކެވެ.

މި މަޝްރޫއަކީ ސިޔާސަތު ކަނޑައެޅުމުގައި އާންމުންގެ ހިޔާލު ހިމެނުމަށް ޑިމޮކްރެޓިކް ޕްރޮސެސްއެއް އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮލޭބޮރޭޓިވް އެކްސްޕެރިމެންޓެކެވެ. މި މަޝްރޫޢުގެ ތެރެއިން މީގެ އޮޕަރޭޝަނަލް ކާމިޔާބީތަކާއި، ލިމިޓެޝަންތަކާއި، އިންޕެކްޓް އިވެލުއޭޓްކޮށް، މަޝްރޫޢު ކުރިއަށް ގެންދިއުން މުހިންމުތޯ ދެނެގަންނާނެއެވެ.

ޕްރޮޕޯސަލްތަކާއި ވޯޓުލުން ބެލެހެއްޓޭ ގޮތް

ވަން އައިލް ޑާއޯ އިން ދަނީ އާންމު ސިޔާސަތުތައް ފަރުމާކުރުމުގައި އެންމެން ޝާމިލްކުރުމުގެ ގޮތުން ބްލޮކްޗޭން ޓެކްނޮލޮޖީ ބޭނުން ކުރަމުންނެވެ. މިގޮތުން އީއާރުސީ-20 ގަވަރނަންސް ޓޯކަންސް ބޭނުންކޮށް މުޖުތަމައުގެ މެމްބަރުންނާއި ޖަމިއްޔާތަކުގެ ހިއްސާއާއެކު އިންޕުޓް ހޯދުމަށް މިކަމުގެ ދަށުން މަސައްކަތް ކުރެއެވެ.

މި މަޝްރޫއަކީ ސިޔާސަތު ކަނޑައެޅުމުގައި އާންމުންގެ ހިޔާލު ހިމެނުމަށް ޑިމޮކްރެޓިކް ޕްރޮސެސްއެއް އުފެއްދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮލޭބޮރޭޓިވް އެކްސްޕެރިމެންޓެކެވެ. މި މަޝްރޫޢުގެ ތެރެއިން މީގެ އޮޕަރޭޝަނަލް ކާމިޔާބީތަކާއި، ލިމިޓެޝަންތަކާއި، އިންޕެކްޓް އިވެލުއޭޓްކޮށް، މަޝްރޫޢު ކުރިއަށް ގެންދިއުން މުހިންމުތޯ ދެނެގަންނާނެއެވެ.

މަޝްވަރާތައް ހިނގާ ގޮތް

ވަން އައިލް މަޝްރޫއުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ މަޝްރޫއުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އިލްތިމާސްކުރަމެވެ. މިމަޝްވަރާތައް ފުރަތަމަ ކުރިއަށް ގެންދާނީ ޓެލެގްރާމް ފަދަ ޕްލެޓްފޯމްތަކުގައެވެ. މި މަޝްވަރާތަކަކީ ދިވެހީންނާއި، ބިދޭސީންނަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ.

މި މަޝްރޫއުގައި ޝައުގުވެރިކަން ހުންނަ ވަކި ދާއިރާތަކާއި ގުޅުންހުރި ކޮންސެޕްޓްތަކުގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ ބޭރުގެ ތަޖުރިބާކާރުންގެ ޓެކްނިކަލް އިންޕުޓަށް މަރުޙަބާ ކިޔައެވެ. ނަމަވެސް ޕޮލިސީ ހިޔާލުތަކާއި، އިޖުތިމާޢީ މައްސަލަތަކާއި، ވޯޓުލުމަށް ޕްރޮޕޯސަލް ޙަވާލުކުރުމުގެ ހުއްދަ ލިބެނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ.

މި ގަވާއިދުތަކާއި ކޮމިއުނިޓީ އެޑްމިނިސްޓްރޭޓަރުން ކަނޑައަޅާފައިވާ އެހެން ގައިޑްލައިންތަކަށް އަމަލު ނުކުރާ ފަރާތްތަކަށް އިންޒާރު ދެވޭނެއެވެ. އަދި ތަކުރާރުކޮށް ގަވާއިދާ ހިލާފުވާނަމަ ބޭން ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް