ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ކުރިޔަށް އޮތް ރިޔާސީ އިންްތިހާބުގައި ވާދަ ކުރަން ނިންމައިފި އެވެ.
އިންްތިހާބުގައި ވާފަ ކުރައްވާކަން މުނައްވަރުގެ ޓުވިޓާ ޕޭޖުގައި ވަނީ ފޮޓޯއެއ ހިއްސާ ކުރުމަށް ފަހު ހާމަ ކުރައްވާފައި އެވެ. އެ ފޮޓޯގައި "ޑރ. މުނައްވަރު 2023" ޖަހާފައިވާއިރު ލޯގޯއެއްގެ ގޮތުގައި ދޫންޏެއް ބޭނުން ކޮށްފައިވެ އެވެ.
އެ ދޫންޏަކީ އައްޑޫއަށް ހާއްސަ ދޮންދީނީގެ ފޮޓޯ އެކެވެ. އަދި މާލޭގައި ވަނީ ކެމްޕެއިން މަރުކަޒުގެ ނަމުގައި އޮފީހެއްވެސް ހުޅުވާފައި އެވެ.
މުނައްވަރުގެ އިތުރުން އިންތިހާބުގައި ވާދަ ކުރައްވާނެކަން ގިނަ ބޭފުޅުންތަކެއް ވަނީ އިއުލާނު ކުރައްވާފައި އެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖުމްހޫރީ ޕާޓީ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޝުޖާއު ހުސައިންގެ އިތުރުން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ހިމެނެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވަމުން އަންނަ އިރު އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން ޔަގީން ވާނީ އަންނަ ޖުލައި ފަހުކޮޅުގައި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް