ފްރެންޗް ލީގު: ނަންޓެސް އަތުން މޮޅުވެ ލީގު އެއްވަނާގައި 11 ޕޮއިންޓުގެ ލީޑެއް ޕީއެސްޖީން ނަގައިފި

ފްރެންޗް ލީގުގައި ރޭ ނަސްޓެސް އާއި ދެކޮޅަށް ކުޅުނު މެޗުން ކާމިޔާބު ކޮށް ލީގުގެ އެއްވަނާގައި 11 ޕޮއިންޓުގެ ލީޑެއް ޕީއެސްޖީން ނަމަގައިފިއެވެ. އަމިއްލަ ދަނޑުގައި ނަސްޓެސް އާއި ދެކޮޅަށް ކުޅުނު މެޗު ޕީއެސް...

05 Mar 2023 | 01:04

ފްރެންޗް ލީގުގައި ރޭ ނަސްޓެސް އާއި ދެކޮޅަށް ކުޅުނު މެޗުން ކާމިޔާބު ކޮށް ލީގުގެ އެއްވަނާގައި 11 ޕޮއިންޓުގެ ލީޑެއް ޕީއެސްޖީން ނަމަގައިފިއެވެ.

އަމިއްލަ ދަނޑުގައި ނަސްޓެސް އާއި ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ޕީއެސްޖީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ މެޗުގެ 15 ވަނަ މިނެޓުގައި ލިއޮނެލް މެސީ ޖަހައިދިން ލަނޑުން ލީޑު ނަގާފައެވެ. އޭގެ ފަހުން ޕީއެސްޖީން ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 17 ވަނަ މިނެޓުގައި ނަންޓެސްގެ ޖީއޭ ހަޖަމް އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.

ނަންޓެސް އިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. ނަންޓެސްގެ ފުރަތަމަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ޖަހައިދިނީ ލުޑޮވިޗް ބްލާސްއެވެ. އަދި ނަންޓެސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ 38 ވަނަ މިނެޓުގައި ގަނާގޯއެވެ.

ދެ ޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފަށް ކުޅެން އަރާ ޕީއެސްޖީން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އެޓީމުކޮޅަށް އަނބުރާލާފައެވެ. ޕީއެސްޖީގެ ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ޕެރޭރާ ޖަހައިދިން އިރު، ޕީއެސްޖީ މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ކީލިއަން އެމްބާޕޭއެވެ.

މި މޮޅާއި އެކު ޕީއެސްޖީން ތާވަލްގެ އެއްވަނާގައި 11 ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެޓީމު އެއްވަނާގައި އޮތީ ކުޅުނު 26 މެޗުން 63 ޕޮއިންޓު ލިބިގެންނެވެ. މި މެޗުން ޕީއެސްޖީ އަތުން ބަލިވި ނަންޓެސް އޮތީ 28 ޕޮއިންޓާއި އެކު 13 ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް