ޕްރިމިއާ ލީގު: ސިޓީއާއި ޗެލްސީއަށް މޮޅެއް

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީއާއި ޗެލްސީ މޮޅުވެއްޖެއެވެ. ސިޓީ މޮޅުވީ އަމިއްލަ ދަނޑުގައި ނިއުކާސަލް އާއި ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ. އަދި ޗެލްސީ މޮޅުވީ ލީޑްސް ޔުނައިޓެޑާއި...

05 Mar 2023 | 00:46

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީއާއި ޗެލްސީ މޮޅުވެއްޖެއެވެ.

ސިޓީ މޮޅުވީ އަމިއްލަ ދަނޑުގައި ނިއުކާސަލް އާއި ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ. އަދި ޗެލްސީ މޮޅުވީ ލީޑްސް ޔުނައިޓެޑާއި ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ސިޓީން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ފިލް ފޮޑެން ޖަހައިދިން ލަނޑުންނެވެ. އަދި ސިތީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ ދެވަނަ ހާފުގައެވެ.މެޗުގެ 67 ވަނަ މިނެޓުގައި ސިޓީން ލީޑު ފުޅާކުރި ލަނޑު ޖަހައިދިނީ ބަނާޑޯ ސިލްވާއެވެ.

ޗެލްސީން ރޭ ލީޑްސް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވިއިރު، މިއީ ލީގުގައި އެންމެ ފަހުން ޗެލްސީން ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. މި މެޗުގައި ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ފަހު ހާފުގެ 53 ވަނަ މިނެޓުގައި ޗެލްސީއަށް ޖަހައިދިނީ ވެސްލީ ފޮފާނާއެވެ.

މި ނަތީޖާ ތަކާއި އެކު ކުޅުނު 26 މެޗުން 58 ޕޮއިންޓް ހޯދައިގެން ތާވަލްގެ ދެވަނާގައި ސިޓީ އޮތް އިރު، ޗެލްސީ އޮތީ ކުޅުނު 26 މެޗުން ލިބުނު 34 ޕޮއިންޓާއި އެކު ތާވަލްގެ ދިހަ ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް