މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި، އިންޑިއާ މީހަކު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރީ އިންޑިއާގެ އުމުރުން 27 އަހަރުގެ ސްރިނިވަސަން ސުބްރަމަނި ނަމަކަށްކިޔާ ފިރިހެނެކެވެ.
މީނާ ކޯޓަށް ހާޒިރުކުރީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް އެކަށީގެންވާ މިންވަރަށް ހެކި ހުރިކަމަށްވެ އެވެ.
އެހެންވެ މިމައްސަލަ ބައްލެވި ގާޒީ ނިންމެވީ 07 ދުވަހުގެ މުއްދަތަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް