ފޭސްބުކް މެދުވެރިކޮށް ރީޗާޖު ކުރެވޭގޮތް އުރީދޫން ހަދައިފި

ފޭސްބުކް މެދުވެރިކޮށް ރީޗާޖްކުރެވޭ ގޮތް އުރީދޫއިން ހަދައިފިއެވެ. މި ހިދުމަތް ދެނީ އުރީދޫ އާއި މެޓަ އާއި ގުޅިގެންނެވެ. އުރީދޫން ބުނީ މެެޓަ އާއި އެކު ޕާޓްނާޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކ...

05 Mar 2022 | 15:09

ފޭސްބުކް މެދުވެރިކޮށް ރީޗާޖްކުރެވޭ ގޮތް އުރީދޫއިން ހަދައިފިއެވެ.

މި ހިދުމަތް ދެނީ އުރީދޫ އާއި މެޓަ އާއި ގުޅިގެންނެވެ. އުރީދޫން ބުނީ މެެޓަ އާއި އެކު ޕާޓްނާޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އެ ކުންފުނިން ބުނީ މި ހިދުމަތް ފޯރުކޮށްދެނީ ފޭސްބުކްގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމަށެވެ.

ފޭސްބުކް މެދުވެރިކޮށް ރީޗާޖް ކުރުމަށް ހަދަން ޖެހޭ ގޮތަކީ

  1. ފޭސްބުކްއަށް ލޮގް އިން ވުމަށް ފަހު މެނޫ އިހްތިޔާރުކުރުން
  2. ސެޓިން އެންޑް ޕްރައިވެސީ ހިޔާރުކުރުން
  3. “މޮބައިލް ސެންޓާ-އުރީދޫ މޯލްޑިވްސް ހިޔާރުކުން
  4. ރީޗާޖް ހިޔާރުކޮށް، މައުލޫމާތު ކަށަވަރު ކުރުން

އުރީދޫ މޯލްޑިވްސް އިން ވަނީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުންކުރެވޭ ޓެކްސްޓް އޮންލީ ފޭސްބުކް ވާޝަންވެސް ފަަހިކޮށްދީފައެވެ. މި ހިދުމަތްތަކާއެކު، އުރީދޫ މޮބައިލް ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް ޑޭޓާ ސަބްސްކްރިޕްޝަނަކާ ނުލާާ، ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ވާޝަން ބޭނުންކުރެވޭނެއެވެ.

މިއަދު މި ތަައާރަަަފް ކުރި ޙިދުމަތާާއެކު ޕްލެޓފޯމް ތެރެއިން ރިޗާރޖްކޮށް، ޓެކްސްޓް އޮންލީ ވާޝަން އިން ފޭސްބުކް ގެ ފުރިހަަމަަަ ވާޝަންއަށް ބަަަދަލުކޮށް ވީޑިއޯ އަދި ފޮޓޯ ބަަލާާލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް