ތޮއްޑު ދަނޑުތަކުގައި ރޯކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫގެ ދަނޑުބިންތަކަށް ގެއްލުންދީ އަލިފާން ރޯކުރާ މައްސަލައިގަ ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ތޮއްޑޫގައި އާންމުންނަށް އުނދަގޫވާ ގޮތަށް ރަށު ތެރޭގައި އަލިފާން ރޯކުރާ ކަމުގެ ޝަކުވާތައް ...

05 Mar 2022 | 14:42

އއ. ތޮއްޑޫގެ ދަނޑުބިންތަކަށް ގެއްލުންދީ އަލިފާން ރޯކުރާ މައްސަލައިގަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތޮއްޑޫގައި އާންމުންނަށް އުނދަގޫވާ ގޮތަށް ރަށު ތެރޭގައި އަލިފާން ރޯކުރާ ކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހައްޔަރު ކޮށްފައި ވަނީ 52 އަހަރާއި 38 އަހަރުގެ ދެ ފިރިހެނުންނެވެ.

ދަންޑޫވެރިކަަމަށް މަޝްހޫރު ތޮއްޑޫގެ ދަނޑުބިން ތަކަށް ގެއްލުން ދޭ މައްސަލަ އަކީ މި ފަހުން ބޮޑުވެފައިވާ މައްސަލަ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް