ނީލަން ފިހާރަ ސަރަހައްދުގެ މަގުމަތީގައި ވިޔަފާރި މުދާ ނުވިއްކުމަށާއި މަގު މަތިން ތަކެތި ނެގުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.
ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މާލޭ ދެކުނު ފަރާތު ކުރީގެ 01 ނަމްބަރު ކުނިކޮށި ހިމެނޭ ސަރަހައްދުގެ ފަޅުމަތީ މަގުގައި އެކި ފަރާތްތަކުން މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި، މަގުމައްޗަށް ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާކަމަށެވެ.
މިކަމުގެ ސަބަބުން ދަތިތަކާއި ދިމާވެ ޢާންމުރަތްޔިތުންގެ ފަރާތުންނާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަ އެ ކައުންސިލަށް ހުށަހަޅަމުން ގެންދާ ކަމަށެވެ.
އެހެންކަމުން އެސަރަހައްދުގެ މަގުމަތީގަޔާއި، ނީލަންމުދާ ( ބައުމުދާ )ވިއްކާ ގޮޅިތަކުން ބޭރުގައި ހުރި އެކިބާވަތްތަކުގެ މުދަލާއި މަގުމައްޗަށް އަޅާފައިހުރި ކުނިތައް އެތަކެތި ބެހެއްޓި ފަރާތްތަކުން މިމަހުގެ 10 ގެ ކުރިން ނެގުމަށް އެ ކައުންސިލުން ބުނެ އެވެ.
ސިޓީ ކައުންސިލުން ބުނީ ބުނެފައިވާ މުއްދަތުގެ ނިޔަލަށް ނުނަގާހުރި ތަކެތި އެކައުންސިލުން ނަގާ ކުނީގެ ގޮތުގައި ނައްތާލާނެކަމަށެވެ. އަދި އެތަކެތި ނެގުމުގައާއި ނެގުމައްފަހު ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް އެކައުންސިލުން ޒިންމާ ނުވާނެކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް