މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި އަންހެނުންގެ ކޮމިޓީގެ މެމްބަރު ސަމިއްޔާ އަބްދުﷲ ގުޅިގެން ފަހާ ކޯހެއް ހިންގަން ނިންމައިފި އެވެ.
މިކަން ހާމަ ކުރެއްވީ ޝުޖާއު އެވެ. އޭނާ ވިދާޅުވީ މި ކޯހަކީ ހުޅުމާލޭ ކަނބަލުންނަށް ހާއްސަކޮށް ހިންގާ ކޯހެއް ކަމަށެވެ.
ޝުޖާއު ޓުވީޓާގައި ވިދާޅުވީ ކޯހުގެ މުއްދަތަކީ އެއް މަސްދުވަސް ކަމަށެވެ. ފަހާ ކޯހުގައި ކިޔަވައިދޭނީ ފެހުމުގެ ދާއިރާގައި30 އަހަރުގެ ތަޖުރިބާ ހުރި ފަރާތެއް ކަމަށެވެ.
މި ކޯހަކީ މުޅިން ހިލޭ ބައިވެރިވެވޭ ކޯހެކެވެ. ކޯހުގެ ފެންވަރަކީ ލެވެލް އެކެއް އަދި ދޭކެވެ.
މި ކޯހާއި ގުޅޭ އިތުރު މައުލޫމާތު ހޯދަން ގުޅަން ޖެހެނީ 7790798 އަށެވެ. ކޯހުގައި ބައިވެރިވާން ފުރަން ޖެހެނީ އޮންލައިން ފޯމެކެވެ.
https://twitter.com/IbrahimShujaau/status/1499767259346399233
ޝުޖާ އިސްނަންގަވައިގެން މީގެ ކުރިންވެސް ވަނީ ހުޅުމާލޭގައި ހިނަ ހަރަކާތްތަކެއް ހިންގަވާފަ އެވެ. އެގޮތުން ހުޅުމާލޭ އަތިރިމަތި ސާފު ކުރުމާއި އާންމުންނަށް އުނދަގޫވާގޮތަށް ހުރި ގަސްތައް ކެނޑުން ފަދަ ކަންކަން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް