ހުޅުމާލޭ ފޭސް ދޭއްގައި އިމާރަތް ކުރާ ޕްރީސްކޫލްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފިއެވެ.
އެސްޖޭ ކޮންސްޓަރަކްޝަނުން މިއަދު ބުނީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު ބިން ހަވާލު ކުރުމާއިއެކު ފޭސް 2 ގައި އިމާރާތްކުރާ ޕްރީ ސްކޫލްގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
އެހެންކަމުން އެބިމުގައި ޕާކް ކޮށްފައިވާ ވެހިލްތަށް ނެގުމަށާއި ފުލެޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އެބިމަށް ކުނި ނޭޅުމަށް އެދިފައި ވެއެވެ. މި ޕްރީސްކޫލް އަޅަނީ ހިޔާ ޓަވަރު ހަތަރަކާއި ޖެހިގެން އަތިރިމައްޗަށް ވާގޮތަށް އޮންނަ ހުސް ބިމުގައި އެވެ.
ފޭސް ދޭއް ގައި އާއިލާ ތަކުން ދިރިއުޅެން ފަށާފައިވާއިރު ހިޔާ ފްލެޓްގައި ދިރިއުޅޭ ކުދިން ތަޢުލީމް ޙާސިލްކުރުމަށް އަދިވެސް ދާންޖެހެނީ ދިގު ދަތުރެއްކޮށް މާލެއަށް ނޫނީ ހުޅުމާލޭގައި ހުރި އެކިއެކި ސްކޫލްތަކަށެވެ.
މިކަން ވެފައިވަނީ ދަރިވަރުންނަށްވެސް އަދި ބެލެނިވެރިންނަށްވެސް ބޮޑު ތަކުލީފަކަށެވެ. އެހެންކަމުން ސަރުކާރުން ދަނީ ހުޅުމާލޭ ދެވަނަ ފިޔައްސައް ބޭނުންވާ މިފަދަ އަސާސީ ގިނަ ޚިދުމަތްތަކެއް ޤާއިމުކުރުމުގެ މަސައްކަތްތައް .ކޮންޓްރެކްޓަރުންނާއި ހަވާލުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް