އެހެން ގައުމުތަކުގެ ރައްޔިތުން ޔޫކްރޭނުން ފޭބިޔަ ނުދީ ހިފަހައްޓަނީ، ގިނައީ އިންޑިއާ މީހުން!

މަތީ ތައުލީމް ހާސިލް ކުރަމުންދިޔަ ދަރިވަރުންނާއި ދިރިއުޅެމުން ދިޔަ އެހެން ގައުމުތަކުގެ އެތައް ރައްޔިތުން ޔޫކްރޭނުން ފޭބިއަ ނުދީ ހިފަހައްޓާފައި އެބަތި ކަމަށް ރަޝިއާއިން ބުނެފި އެވެ. ރަޝީއާއިން އދ. އަށް...

05 Mar 2022 | 09:44

މަތީ ތައުލީމް ހާސިލް ކުރަމުންދިޔަ ދަރިވަރުންނާއި ދިރިއުޅެމުން ދިޔަ އެހެން ގައުމުތަކުގެ އެތައް ރައްޔިތުން ޔޫކްރޭނުން ފޭބިއަ ނުދީ ހިފަހައްޓާފައި އެބަތި ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝީއާއިން އދ. އަށް ކަނޑާއަޅާފައި ހުންނަވާ ދާއިމީ މަންދޫބު ވައްސިލީ ނެބެންޒިއާ ވިދާޅުވީ ޔޫކްރެއިންގައި ތާށިވެފައި ތިބި އެގެން ގައުމުތަކުގެ ރައްޔިތުން އެ ގައުމުން ބޭރުކޮށްދިނުމަށް ގިނަ ގައުމުތަކަކުން ރަޝިއާގައި އެދެމުންދާ ކަމަށެވެ. އަދި އެފަދަ މަޝްވަރާތައް ކުރެވިފައިވާ ގައުމުތަކުގެ ރައްޔިތުން ޔޫކްރެއިނުގެ ހަނގުރާމައިގެ ސަރަހައްދުތަކުން ނެރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ހާއްސަކޮށް އިންޑިއާ ރައްުޔިތުންގެ ނަން ފާހަގަކޮށް ރަޝިއާ މަންދޫބު ވިދާޅުވީ ރަޝިއާގެ އެކި ސަރަހައްދުތަކުގައި އިންޑިއާ އާއި، ޗައިނާ އަދި ވިއެޓްނާމް، ގާނާގެ އިތުރުން ރަޝިއާއަށް ތާއީދު ކުރާ އެތައް ގައުމެއްގެ ރައްޔިތުން ދިޔަ ނުދީ ހިފަހައްޓާފައި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ވެރިރަށް ކީވްގައި އިންޑިއާގެ ތިން ހާހަށްވުރެ ގިނަ ކުދިންނާއި ޗައިނާގެ 200 ކުދިންނާއި ވިއެޓްނާމްގެ ދެ ހާހަށްވުރެ ގިނަ ކުދިން ހިމެނެ އެވެ.

އޭނާ ވިދާޅުވީ ގަދަބާރުން ބޭރު މީހުން ހިފަހައްޓަމުން ދަނީ ޔޫކްރެއިންގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޓެރަރިސްޓުން ކަމަށެވެ.

އެފަދަ ފަރާތްތަކަށް ފުރުސަތު ނުދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ނެބެންޒިއާ ވިދާޅުވީ ރަޝިއާއިން ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ޔޫކްރެއިންގެ ވެރިރަށް ކީވް އާއި އެހެންވެސް ބޮޑެތި ސިޓީތަކުގެ އެކި ސަރައްދުތަކުގެ ބަސް ސްޓޮޕްތަކުގައި ބޮޑެތި ބަސްތަކެއް އޮންނާނެ ކަމަށެވެ.

އެ ބަސްތަކަކީ ރަޝިއާގެ އެހީއަށް އެދުނު ގައުމުތަކުގެ ރައްޔިތުން ޔޫކްރެއިނުން ބޭރު ކުރުމަށް ބޭނުން ކުރާ ބަސްތަކެއް ކަމަށާއި އެ ބަހުގައި މީހުން ގެންދާނީ ރަޝިއާގެ ސިޓީއެއް ކަމަށްވާ ބެލްގޮރޮޑަށް ކަމަށް ވިދާޅުވި އެވެ. އަދި އެ ސިޓީން އެމީހަކު ނިސްބަތްވާ ގައުމަކަށް ވައިގެ މަގުން ދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާއިން ވަނީ އެހީއަށް އެދުނު ގައުމުތަކުގެ ރައްޔިތުންނަށް ހާއްސަކޮށް 130 ބަސް ޔޫކްރެއިންގެ އެކި ސަަރަހައްދުތަކަށް ފޮނުވާފަ އެވެ.

އެކި ގައުމުތަކުގެ ރައްޔިތުން ގަދަކަމުން ޔޫކްރެއިނުން ފޭބިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށް ރަޝިއާއިން ބުނާ ވާހަކައަށް އިންޑިއާއިން އެއްބަހެއް ނުވެ އެވެ. އިންޑިއާއިން ބުނީ ޔޫކްރެއިންގައި ތިބި އިންޑިއާގ ެ20،000 އަށްވުރެ ގިނަ ރައްޔިތުންނާއި ސަރުކާރަށް މުއާމަލާތް ކުރެވޭ ކަމަށާއި އެމީހުން ގައުމުން ނެރުމަށް ކުރަމުންދާ މަސައްކަތަށް ހުރަހެއްވެސް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް