ކާބޯތަކެތީގެ ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ "އުފަކާރަ" ޕްރޮގްރާމް ފަށައިފި

ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ "އުފަކާރަ" ތަމްރީނު ޕްރޮގްރާމް، ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ. މިއީ މޯލ...

05 Mar 2022 | 09:29

ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ "އުފަކާރަ" ތަމްރީނު ޕްރޮގްރާމް، ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފަށައިފި އެވެ.

މިއީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ހިންގާ ތަމްރީން ޕްރޮގްރާމެކެވެ.

އެއް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކާބޯތަކެތީގެ މަސައްކަތްކުރާ ޖުމްލަ 25 ފަރާތަކުން ބައިވެރިވެއެވެ.

މި ޕްރޮގްރާމްގައި ކާބޯތަކެތި ރައްކާތެރި ގޮތުގައި އުފައްދާ، ތައްޔާރު ކުރުމާއި އެތަކެތީގެ ފެންވަރު މަތި ކުރާނެ ގޮތްތަކާ ގުޅޭ ތަމްރީން ދިނުން ހިމެނެއެވެ.

މީގެ އިތުރުން ކާބޯތަކެއްޗާއި ގުޅޭ ގަވާއިދުތަކާއި މިންގަޑުތަކަށް އަހުލުވެރި ކުރުވުން ވެސް ހިމެނެއެވެ.

މި ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް 2017 އިން ފެށިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިހާތަނަށް ތިން އަތޮޅެއްގައި މިޕްރޮގްރާމްވަނީ ހިންގާފައެވެ. އަދި މީގެ އިތުރުން ދެ ފަހަރެއްގެ މަތިން މާލޭގައިވެސް މި ޕްރޮގްރާމް ހިންގާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް